މަޖްލިސްގެ ތަހުގީގަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލިސްއަށް ހާޒިރު ކުރާއިރު ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވެއްޖެއެވެ.
އިރުވަރު ނޫހާ ވާހަދަކެއްވި މަޖިލީސް މެމްބަރު ވިދާޅުވީ، މިދަނޑިވަޅުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވެފައިވާކަމަށެވެ. އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި އަދި ޕީޕީއެމް ގުޅިގެން މިނިސްޓަރު މާރިޔާ އާއި މެދު ނުބައި ކަންތައްތަކެއް ރާވަމުން ދާކަން އެމްޑީޕީގެ މަޖިލީސް މެމްބަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެނީ ސެކިއުރިޓީ އެ ދުވަހު ވަރުގަދަ ކުރަންޖެހޭކަމަށް." އެމްޑީޕީ މަޖްލިސް މެންބަރު ނަންނުޖަހަން ޝަރުތުކޮށް ކިޔައިދިނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާ މިނިސްޓަރު މާރިޔާ އަދި ސަރުކާރުގެ ބޮލުގައި އަޅުވަން ރައީސް ނަޝީދުގެ ފެކްޝަނާ އަދި ޕީޕީއެމް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. މިގޮތުން މީސް މީޑިއާގަ އެތައް ސާބިތުނުހިފޭ ވާހަކަ އެއް ދަނީ ގޮވަމުން ދާކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ބަހޭ ފަރާތްތައް އަންނަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަމުންނެވެ.
One Response
ޕީޕީއެމްއޭ ނުކިޔާ އަންނިއާ އަންނިގެ ސަޕޯރޓަރުން . ކޮންމެހެން އެހެން ބަޔެއްގެ ބޮލުގަ އަޅުވާނެ ކަމެއްނެތް .
ތިޔައީ ހަމަ ތިކުދިން ކުޅޭގޭމެއް