Ad

ޒުވާނާ ނިޔާވީ ޖެޓްސްކީ އަބުރާލި ވަގުތު ވިއްސައިގެންގޮސް އެއްގަމުގައި ހުރި ދަގަނޑެއްގައި ޖެހިގެން: ފުލުހުން

ށ. ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ށ. ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް އެއްގަމުގައި ޖަހާފައިހުރި ދަގަނޑެއްގައި ޖެހި ޒަހަމްވެފައިވާ ކަމަށެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 4 ޖެހިއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

22 އަހަރުގެ މިޒުވާނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *