Ad

ހަމާސްގެ "އިންޖިނިއަރު" ޔަހްޔާ ޢައްޔާޝް ގެ ވާހަކަ!

ޔަޙްޔާ ޢައްޔާޝްއަކީ އިސްލާމިކް ޖިހާދާއި ޙަމާސް ޖަމާޢަތުގައި އިޙްތިރާމާއި ޤަދަރު ލިބިގެންވާ ފަރާތެކެވެ. ޔަޙްޔާ ޢައްޔާޝްއަކީ ޙަމާސްގައި އެންމެ ފުރަތަމަ ބޮން އުފައްދަން ފެށިއިރު، އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތެވެ. ބޮން އުފެއްދުމުގައި ޔަޙްޔާ ޢައްޔާޝްގެ ކުޅަދާނަކަމާއި ތޫނު ފިލިކަމާހުރެ، މުޅި ޣައްޒާގައި ޔަޙްޔާ ޢައްޔާޝް މަޝްހޫރު ވެގެން ގޮސްފައިވަނީ، "އަލް މުހަންދިސް" ނުވަތަ "އިންޖިނިއަރ" ގެ ނަމުންނެވެ. ޙަމާސް ޖަމާޢަތާއި ޔަޙްޔާ ޢައްޔާޝް ގުޅުމަށްފަހު އިސްރާއީލުގެ ސަރަޙައްދުގައި ޖާނުން ފިދާވެގެން ދީފައިވާ ހުރިހާ ބޮމުގެ ޙަމަލާތަކުގައި ގޮއްވާލާފައިވާ ހުރިހާ ބޮމެއް ތައްޔާރުކޮށްފައިވަނީ، ޔަޙްޔާ ޢައްޔާޝްއެވެ.

ޔަޙްޔާ ޢައްޔާޝް އުފަންވެފައިވަނީ 6 މާރޗް 1966 ގައި ފަލަސްޠީނުގެ ރަފާގައެވެ. ޔަޙްޔާ ޢައްޔާޝްވަނީ ވަރަށް ޅައުމުރުގައި ކީރިތި ޤުރުއާން ހިތު ދަސްކޮށްފައެވެ. ޢުމުރުން އެންމެ 5 އަހަރުގައި ކަރަންޓު މަސައްކަތްކުރުމާއި، މެކޭނިކަލް މަސައްކަތްކުރުމުގައި ޢައްޔާޝްވަނީ ފާހަގަކުރެވޭ ކާމިޔާބުތަކެއް ހޯދާފައެވެ. އެދާއިރާތަކުން، ބިރްޒީތު ޔުނިވަރސިޓީ ޑިގްރީ ޙާޞިލުކުރިއެވެ. އިތުރަށް ކިޔެވުމަށްޓަކައި ޔަޙްޔާ ޢައްޔާޝް އުރުދުންއަށް ދާން މަސަކަތްކުރުމުން، އިޒްރޭލުން އެކަމަށް ހުރަސް އެޅުމުގެ ސަބަބަން، ކިޔެވުމުގެ ފުރުޞަތު ގެއްލިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ޙަމާސް ޖަމާޢަތުގެ މަސައްކަތްތަށް ކުރަން އެޖަމާޢަތާއި ގުޅެން ފުރުޞަތު ޔަޙްޔާ ޢައްޔާޝްއަށް ލިބިގެންދިޔައެވެ.

ޔަޙްޔާ ޢައްޔާޝްގެ ތޫނުފިލި ވިސްނުމާއި ކުޅަދާނަކަމުން ތައްޔާރުކުރި ބޮންތަށް އިޒްރޭލުގެ އެތައް މިތާގައިވަނީ ކާމިޔާބު ކަމާއެކު ގޮއްވާލެވިފައެވެ. ހުރިހާ ޙަމާލާއެއްވެސް ޙަމާސް އިން ޓާގެޓްކޮށްފައިވާ އިޒްރޭލުގެ ސިފައިން ޤާއިމުވެ ތިބޭ ތަންތަނުގައި ގޮއްވާލުމަށެވެ. ނަތީޖާއެއްގެ ގޮތުން، ޖާނުން ފިދާވެދިން ކޮންމެ ޙަމަލާއެއްގައިވެސް، އިޒްރޭލުގެ ގިނަ ޢަދަދެއްގެ ސިފައިން މަރުވެ، ޒަޚަމްވެފައިވާ ސިފައިން ނުކުޅެދޭ ޙާލަތަށްވެސް ދާންޖެހުނެވެ.

އިޒްރޭލުގެ ތެރޭގައި ކާމިޔާބުކަމާއެކު ޙަމާސް ޖަމާޢަތުންނާއި އިސްލާމިކް ޖިހާދުން ދެމުން ގެންދިޔަ ޖާނުން ފިދާވުމުގެ ޙަމަލާތަކުގައި އިޒްރޭލުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ޢާންމުން މަރުވެދާންފެށުމުން، އެކަން އިޒްރޭލުގެ ސަލާމަތީ ބާރުތަކަށް ހަޖަމެއްނުވިއެވެ. ޖެހިޖެހިގެން އިޒްރޭލުގެ 11 ސަރަޙައްދެއްގައި ބޮޑެތި ބޮންތަކެއް ގޮއްވާލުމާއެކު، އެކަންކުރާ ބަޔެއް ހޯދުމަށްޓަކައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ނިކުތެވެ. މިގޮތުގެ މަތީން، އިޒްރޭލުގެ މެދުތެރޭ ޢަވަށެއްކަމުގައިވާ ރަމަތުގައި ޙަމާސް އިން ދޭން އުޅުނު ޖާނުން ފިދާވުމުގެ ޙަމަލާ ފުރަތަމަ ފަހަރަށް ނާކާމިޔާބުވިއެވެ. އެޙަމާލާގައި އިޒްރޭލު ސިފައިންތިބި ޕޯސްޓާއި ގާތުން، ޖާނު ގޮއްވާލަން އުޅުން 3 މީހުންވެސް އިޒްރޭލު ސިފައިން ހައްޔަރުކުރީއެވެ. އެއަށްފަހު، އެމީހުން ހިފައި ޙައްޔަރުކޮށް ވޭންދެނިވި އަނިޔާތަށްދީ، ބޮން އުފެއްދި މީހާގެ މަޢުލޫމާތު އިޒްރޭލުން ހޯދީއެވެ. ޔަޙްޔާ ޢައްޔާޝްއަކީ ކޮބާކަމާއި، ކީއްކުރާ މީހެއްކަމާއި، އޭނާގެ މަތީ ތަޢުލީމު ފުރުޞަތު އުރުދުންއިން ލިބިފައިވަނިކޮށް، އިޒްރޭލުގެ ސަރުކާރުން އެފަރުޞަތު ބަންދުކުރި މަޝްހޫރު މުހަންދިސްކަން އިޒްރޭލުގެ ސަރުކާރަށް ފާހަގަކުރެވުނެވެ.

ޔަޙްޔާ ޢައްޔާޝް ޝަހީދުކޮށްލެވުނު ގޮތް

އެދުވަސްވަރަކީ އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު ޔިޒަކް ރަބިން ގަޔަށް ބަޑި ޖަހައި މަރާލެވުނު ދުވަސްވަރެވެ. އެޖަރީމާ ހިނގާދިޔައީ އިޒްރޭލުގެ އެތައް ސަތޭކަ ބަޔެއްގެ ކުރިމަތީގައިކަމުން، އެކަންކުރި މީހާ ކުށުގެ ވެށިން ޙައްޔަރުކުރިއެވެ. މިފުރުޞަތުގެ ބޭނުން އިޒްރޭލު ސަރުކާރުން ހިފަން ބޭނުންވެ ފަލަސްޠީނުގައި ޒުވާނުންގެ ތެރެއިން އިޒްރޭލުން ޓާގެޓްކުރި މީހުންގެ އަތެއްވާކަމުގައި ބުނެ، ފަލަސްޠީނުގެ ސަރުކާރަށް އެކަން އަންގައި ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް އެދުނެވެ. މިކަމުގައި އިޒްރޭލުގެ ޝިން ބިތު އަށް އެއްބާރުލުން ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ދޭން ފެށިއެވެ. އިޒްރޭލުން ތުހުމަތުކުރީ ޔިޒަކް ރަބިން މަރާލުމުގެ ޙާދިސާގައި ޔަޙްޔާ ޢައްޔާޝްގެ ބައިވެރިވުން އޮތްކަމަށެވެ. އެހެންވެ، ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުން ޔަޙްޔާ ޢައްޔާޝް ހޯދައި އިޒްރޭލާއި ޙަވާލުކުރުމަށް އެއްބަސްވިއެވެ.

ކާމިލް ޙަމަދަކީ ޔަޙްޔާ ޢައްޔާޝްގެ އެންމެ ދުވަސްވީ ރަހްމަތްތެރިޔާ އޮސާމާ ޙަމަދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އިޒްރޭލުގެ ސިއްރު ސިފައިން ކާމިލް ޙަމަދު ހައްޔަރުކޮށް ޔަޙްޔާ ޢައްޔާޝު ލޮކޭޓު ކޮށްދިނުމަށް ނުވަތަ މަރާލަދިނުމަށް އެދުނެވެ. އަދި އެކަމަށް އެމީހުންގެ ރާވާފައިވާ ޕްލޭން ކާމިލްއަށް ޙަމަދަށް ކިޔައިދިނެވެ. ކާމިލް ޙަމަދު ޑިމާންޑްކުރީ 1 މިލިއަން އެމެރިކާ ޑޮލަރާއި އިޒްރޭލުގެ ޕާސްޕޯޓަށެވެ. އެހެންނަމަވެސް، އިޒްރޭލުން ކާމިލް ޙަމަދުގެ ކެހިވެރިކަން ޙަމާސްއަށް ފަޅާއަރުވާލާނެކަމުގައި ބުނުމުން، ކާމިލް ހަމަދު ގަންނާކުރި ބިރުން، ޔަޙްޔާ ޢައްޔާޝު އުޅޭ ތަނުގެ މަޢުލޫމާތުވެސް ކިޔައިދިނެވެ. އެހެން ނަމަވެސް، ޔަޙްޔާ ޢައްޔާޝްއަކީ ގިނަ ވަގުތު މުޖާހިދުންނާއެކު އުޅޭ ފަރާތެއްކަމުން، ފަސޭހައަކުން އަތެއް ނުވާނެކަމުގައި ކާމިލް ޙަމަދު އިޒްރޭލު ސިފައިންގާތު ބުނިކަމަށްވެއެވެ.

އިޒްރޭލު ސިފައިން ކާމިލް ޙަމަދަށް ދިނީ ގޮވާ ޒާތުގެ ތަކެތި ހަރުކުރެވިފައިވާ ފޯނެކެވެ. އެފޯނަކީ ބަގު ކުރެވިފައިވާ ފޯނެއްކަމާއި، އެފޯނުން ދައްކާ ވާހަކަ ރެކޯޑުކުރެވި، އިޒްރޭލުގެ ސަލާމަތީ ބާރުތަކަށް އިވޭނެކަމުގައި ބުނެ، އެފޯނު އޮސާމާ ޙަމަދު އަތަށް ދިނުމަށް އެދުނެވެ. ސަބަބަކީ، ޔަޙްޔާ ޢައްޔާޝް އާއި އޮސާމާ ޙަމަދު އާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އޮސާމާގެ ފޯނުތަށް ޔަޙްޔާ ޢައްޔާޝު ބޭނުންކުރާކަން އިޒްރޭލު ސިފައިންނަށް ކާމިލް ޙަމަދު ކިޔައިދިނުމުންނެވެ. އިޒްރޭލުން ޔަޙްޔާ ޢައްޔާޝު އަތުނުވެގެން އެތަކެއް މަސައްކަތެއްކުރުމަށްފަހު، އެއްރޭ އުސާމާ ގާތުގައި ހުރެފައި، ގެއަށް ދިޔުމުގެ ކުރީން ޔަޙްޔާ ޢައްޔާޝު އޮސާމާ އަތުގައި އޮތް ކާމިލް ޙަމަދަށް އިޒްރޭލު ސިފައިން ދީފައިވާ ފޯނު ހިފައިގެން ގެއިން ބޭރަށް ނިކުމެ، އޭނާގެ ބައްޕައަށް ގުޅުމާއެކު، އިޒްރޭލުގެ ސަލާމަތީ ބާރުތަކަށް ޔަޙްޔާ ޢައްޔާޝުގެ އަޑު ޖެހުމާއެކު އެފޯނު އެވަގުތު އޮތީ ޔަޙްޔާ ޢައްޔާޝު އަތުގައިކަމާއި، އެވަގުތު އިތުރަށް ބެލުމެއްނެތި، އިޒްރޭލުގެ ސިފައިން އަތުގައިވާ ރިމޯޓުން، ޔަޙްޔާ ޢައްޔާޝު އަތުގައި އޮތް ފޯނު ގޮއްވާލިއެވެ. މިއާއެކު ވަގުތުން ޔަޙްޔާ ޢައްޔާޝު ޝަހީދުވެގެން ދިޔައެވެ. އެދުވަހަށްފަހު އަދިވެސް ކާމިލް ޙަމަދު ފަލަސްޠީނުން ފެނިފައިނުވެއެވެ. އިޒްރޭލުގެ ޢަސްކަރިއްޔާއިން ބުނެފައިވާ ގޮތުން، ކާމިލް ޙަމަދުވީ 1 މިލިއަން ޑޮލަރާއެކު އެމެރިކާގައެވެ.

ޔަޙްޔާ ޢައްޔާޝްގެ ހަނދާނުގައި ފަލަސްޠީނުގެ އެތަށް މަގަކަށްވެސް ޔަޙްޔާ ޢައްޔާޝްގެ ނަމުން ނަންދީފައިވެއެވެ. ޔަޙްޔާ ޢައްޔާޝްގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސް އިން ވަނީ ޖެހިޖެހިގެން 4 ބޮމެއް އިޒްރޭލުގެ އަވަށްތަކުގައި ގޮއްވާލައި، މުޅި ޖުމްލަ އިޒްރޭލުގެ 78 މީހަކު މަރާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *