Ad

މިޝްކާގެ އާއިލާގެ ޤާނޫނީ ވަކީލަކަށް މަޝްހޫރު ޤާނޫނީ ވަކީލު އިސްމާޢީލް އަހުމަދު!

ކޮވިޑް-19 ގައި ރާއްްޖެއިން މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާ ކަމަށްވާ މިޝްކާގެ އާއިލާގެ ޤާނޫނީ ވަކީލަކަށް މަޝްހޫރު ޤާނޫނީ ވަކީލު އިސްމާޢީލް އަހުމަދު އައްޔަންވެއްޖެއެވެ.

ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާގެ މަރަކީ އެޗް.ޕީ.އޭ ގެ ބޮޑު އިހުމާލެއްވެފައިވާ މަރެކެވެ.

މިޝްކާގެ މަރުގެ ތަހުޤީޤު ރިޕޯޓު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ވަނީ އިއުމާލުގެ މައްޗަށް އިހުމާލެވެ. މިޝްކާގެ ފުރާނަ ސަލާމަތްކުރުމަށް އެ ކުއްޖާގެ މައިންބަފައިން ކުރަމުންދިޔަ އާދޭހަށް ބީރު ކަންފަތެއް ދިންކަން މި ރިޕޯޓުން ވަރަށް ސާފެވެ. އެކަމަކު މިކަމުގައި ޒިންމާވާނެ ފަރާތެއް ނެތެވެ. ރިޕޯޓުގައި އިހުމާލު ނޫން ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ ދުވަހުން ފެށިގެން ފުރާނަ ދިއުމާ ހަމައަށް އޮތީ އިހުމާލެވެ. ޕޮޒިޓިވް ވި ދުވަހު ޑޮކްޓަރަށް ދައްކަން އެދަރިފުޅުގެ މައިންބަފައިން އެދުމުން އެކަންވެސް ނުވިއެވެ. މިޝްކާގެ އެންމެ ފަހުވަގުތުކޮޅު އެކުއްޖާގެ ފުރާނަ ސަލާމަތްކުރަން މައިންބަފައިން ކުރި އާދޭސް މި ރިޕޯޓުން ވަރަށް ސާފެވެ.

މީހެއްގެ އިހުމާލުން ނުވަތަ ފަރުވާކުޑަ ޢަމަލަކުން އެހެން މީހަކު މަރުވެގެން ދިޔުމަކީ ޖިނާޢީ ކުށެއްކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ. އެކުށަކީ ކުށް ދަރަޖަ ކޮށްފައިވާ ގޮތުންވެސް އަދަބު ހަރުކަށި ކުށްތަކެކެވެ. އެޗް.ޕީ.އޭ ގެ އިހުމާލު އޮތުމުގެ ސަބަބުން، އެކަމުގެ ޖިނާޢީ ތުހުމަތު އުފެދުނު ހިސާބުން އެކަން ބަލައި ޖިނާޢީ ތަޙްޤީޤުކުރުމުގެ އެއްވެސް މަސައްކަތެއްކުރިކަން އެނގޭކަށެއްނެތެވެ. ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ ކޮބާ ހެއްޔެވެ؟

މިޝްކާގެ މަރުގެ މައްސަލަގެ ޖިނާޢީ ތަހުޤީޤު ފުލުހުންނާއި ޕީޖީ އިސްވެ ނުކުރުމުން އަމިއްލަ ފަރާތަކުން މިއަދު ވަނީ މި މައްސަލަ ތަހުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށައަޅާފައެވެ.

މިޝްކާގެ އާއިލާގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރައްވާނީ ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ވަކީލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާޢީލް އަހުމަދު (އިއްސެބެ)އާއި އިސްމާއީލް އަހުމަދުގެ ލޯފާމް ކަމަށްވާ "ޓޯޓަލް ލީގަލް ސޮލިއުޝަން"ގެ ވަކީލުންނެވެ. ލޯޔަރު އިއްސެއަކީ ޖީނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކޮށް އެމައްސަލަތައްް ކާމިޔާބު ކުރައްވާފައިވާ ކުޅަދާނަ ވަކީލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ނޫސްވެރިން ނޫޅުނުނަމަ މިހާރު ތިކުއްޖާގެ ފުރަނައިގެ ވާހަކަދައްކާނެ މީހަކު ނުހުންނާނެ. ސާބަސް ނޫސްވެރިން. މިނިސްޓަރު ނަސީމު ފިލީތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *