Ad
އަހުމަދު މަނިކު :/ ފޮޓޯ: މުހައްމަދު ޝާތިރު
އަހުމަދު މަނިކު :/ ފޮޓޯ: މުހައްމަދު ޝާތިރު

ދަރިންގެ ދަރިންނާއެކު 200 އަށްވުރެ ދަރިން ތިބި ފިޔާތޮށި އަހުމަދު މަނިކު ކޮވިޑު ބަލީގައި ނިޔާވެއްޖެ

ދަރިންގެ ދަރިންނާއެކު 200 އަށްވުރެ ދަރިން ތިބި ފިޔާތޮށި އަހުމަދު މަނިކު ކޮވިޑު ބަލީގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 100 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި އުމުރުން އެންމެ ދޮށީ މީހާއެވެ.

އަހުމަދު މަނިކު ނިޔާވުމާއި ގުޅިގެން ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ އެންމެ ފުންނާބު އުސް އެއް ފަރާތްކަމުގައިވާ މުޙައްމަދު ޝާތިރު ވިދާޅުވެފައިވަނީ ދިވެހިންގެ ތެރެއިން 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް ސާބިތުވާ މިހާރު ދުނިޔޭގައި ތިބި މަދުމީހުންގެ ތެރެއިން އަލްމުޙްތަރަމް އަޙްމަދު ޙުސައިން މަނިކު "ފިޔާތޮށި އަހުމަދު މަނިކު" މިއަދު 9.33 ގައި ނިޔާވެފައިވާކަމަށެވެ. ޝާތިރު އާންމުކުރެއްވި މަޢުލޫމާތަށް ބަލާއިރު އަހުމަދު މަނިކު އުފަންވެފައިވަނީ 1919 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެހެންކަމުން ނިޔާވިއިރު މީލާދީ ގޮތުން އުމުރަކީ 102 އަހަރެވެ. އަދި ހިޖުރީ ގޮތުން 105 އަހަރެވެ. އަހުމަދު މަނިކު ނިޔާވިއިރު އޭނާގެ ދަރިން، ކާފަދަރިން، މުނިކާފަދަރިން، ހޫރުކާފަދަރިންގެ ޖުމުލަ 200 ވަރު ވާނެކަމަށް ޝާތިރު ވަނީ ވިދާޅުވެފައެވެ.

އަހުމަދު މަނިކަކީ ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.

"ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމާއި މަޖިލިސް މެންބަރުކަމާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިކަން ކުރައްވާފައިވާ ޚިދުމަތްތެރި ހަރުދަނާ ބޭކަލެއް!" ޝާތިރު ވިދާޅުވިއެވެ.

އަހުމަދު މަނިކު :/ ފޮޓޯ: މުހައްމަދު ޝާތިރު
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *