Ad

މާފުށީ ޖަލުގައި ހިންގި ބޮޑު އޮޕަރޭޝަނުގައި، މޫސާ އިނާސް އަށް އަނިޔާކުރި މައްސަލަ ތަޙްޤީޤުކުރަން ހުށަހަޅައިފި

މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިންނާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ހިންގި އޮޕަރޭޝަނުގައި ޝަރީޢަތުން ގޮތެއް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔޭގެ މޫސާ އިނާސް އަށް ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސްގެ އޮފިސަރުން އަނިޔާކުރި މައްސަލަ ތަޙްޤީޤުކުރުމަށް، މޫސާ އިނާސްގެ ޢާއިލާއިން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިފިއެވެ.

މޫސާ އިނާސްގެ ޢާއިލާގެ ފަރާތުން މޫސާ އިނާސްގެ ބައްޕަ ސޮއިކޮށް ހިއުމަން ރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އަދި ފުލުހުންނަށް މައްސަލަ ރަސްމީކޮށްވަނީ ހުށަހަޅާފައެވެ. އެސިޓީގެ ކޮޕީއެއް އިރުވަރުނޫހަށް ޢާއިލާގެ ފަރާތުންވަނީ ޙިއްސާކޮށްފައެވެ. އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މޫސާ އިނާސްގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަށްފަހު، ބިން މައްޗަށް ވައްޓާލައި ކޮޅުފައިން ބުރަކަށި މައްޗަށް އަރައި އަނިޔާކޮށް މޭމަތީގައި ތެޅުމުގެ ސަބަބުން ހޭނެތިގެން ބިންމައްޗަށް ވަނީ ވެއްޓިފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނޫނުތަކުގައި އެއްވެސް މީހަކަށް އަނިޔާކުރުމަކީ ޖިނާޢީ ކުށެކެވެ. ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކަށްވެސް އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާދިނުމުގެ އެއްވެސް ބާރެއް ނުލިބެއެވެ. މޫސާ އިނާސްގެ ޢާއިލާގެ ފަރާތުންވަނީ މައްސަލަ ތަޙްޤީޤުކޮށްދެއްވައި ތަޙްޤީޤު ރިޕޯޓު ލިބޭނެގޮތެއްވެސް ހަމަޖައްސަވައިދެއްވާތޯ އެދިފައެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ޖަލުގައި މި އޮޕަރޭޝަން ހިންގީ ފުލުހުންނާއި ސިފައިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ގުޅިގެންނެވެ.

މޫސާ އިނާޝް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *