އަށް ޕާޓީއެއްގެ މައްޗަށް އެކުލެވިގެންވާ އައު ސަރުކާރުގައި ބޮޑުވަޒީރުކަން ފުރަތަމަ ދެ އަހަރު ކުރައްވަން ހަމަޖެހިފައިވަނީ ނަފްތަލީ ބެނެޓެވެ. އަދި އެއަށްފަހު މަގާމާއި ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔާޔަ ލަޕިޑު ހަވާލުވެލައްވާގޮތަށް ވަނީ ކޯލިޝަން އެއްބަސްވުމަކަށް އައިސްފައެވެ.
މީގެ އިތުރުން ސަރުކާރުން މިވަނީ ސެންޓްރިސްޓް ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިކީ ލިވީ، އައު ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރައްވާފައެވެ. ބެނެޓްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓް ދިނީ 60 މެންބަރުންނެވެ. އޭނާގެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓް ދިނެވެ.
ނަފްތާލީ ބެނެޓަކީ އެމެރިކާގައި ދިރިއުޅުނު އިޒްރޭލު އަންހެނަކަށް ލިބުނު ދަރިއެކެވެ. އިޒްރޭލުގެ ހައިފާއަށް އުފަންވިއަސް ނަފްތާލީ ބެނެޓްގެ ޅައުމުރު ހޭދަކުރީ އެމެރިކާގައެވެ. ނަފްތާލީ ބެނެޓަކީ 1996 ވަނަ އަހަރު ސައުތު ލެބަނަންގައި ހިނގާދިޔަ ހަނގުރާމައިގާ ކުށެއްނެތް 103 މީހަކު މަރާލި އެލީޓު ކޮމާންޑޯ ޔުނިޓުގެ އޮފިސަރެކެވެ. ނަފްތާލީ ބެނެޓްގެ ސިޔާސީ ކެރިއަރު ފެއްޓިފައިވަނީ ނަތަންޔާހޫގެ އެހީތެރިކަމާއެކު 2006 ވަނަ އަހަރުއެވެ. ފުރަތަމަ އަދާކުރީ، ނަތަންޔާހޫގެ އިސް އެހީތެރިއެއްގެ މަޤާމެވެ. އޭރު ނަތަންޔާހޫއަކީ އިޒްރޭލުގެ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރަމުންދިޔަ މީހެކެވެ. އޭރުގެ ބޮޑު ވަޒީރަކަށްހުރީ ޝެރޯންއެވެ.
ނަފްތާލީ ބެނެޓަކީ ފަލަސްޠީނު ރައްޔިތުން ދޫކޮށްނުލައި މެރުމަށް އިސްވެހުރި ގޮވާލި މީހާއެވެ. އެއީ 2013 ވަނަ އަހަރުއެވެ. އިޒްރޭލުގެ ކޯލީޝަން ސަރުކާރަށް އަދި މިހާތަނަށް ފަލަސްޠީނުގެ ކަމާބެހޭ އިދާރާއަކުންވެސް އަދި ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަފްތާލީ ބެނެޓަކީ، ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން އަދި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ޙައްޤަކާއި ނުލައި މެރުމަށް އިޒްރޭލުން އަމުރު ނެރުނުއިރު، އެޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރ ގެ ގޮތުގައިހުރި ފަރާތެވެ. އޭރުވެސް، ނަފްތާލީ ބެނެޓް ބުނަމުންދިޔައީ، އިޒްރޭލުގެ ރައްޔިތުން ދިފާޢުކުރުމުގެ ޙައްޤު އިޒްރޭލް ސަރުކާރަށް ލިބިގެންވެއެވެ.
ނަފްތާލީ ބެނެޓަކީ އިޒްރޭލުގައި މަޤުބޫލު މީހަކަސް، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އިޒްރޭލުގައި އާދައިގެ ޕާޓީއެކެވެ. އެއީ، ނިއު ރައިޓް ޕާޓީއެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައިވެސް ނިއު ރައިޓް ޕާޓީއަށް ލިބުނީ ނާކާމިޔާބެވެ. އެއީ، ނަތަންޔާހޫ އާއި އިދިކޮޅު ލީޑަރ ލެޕިޑްގެ ފަހަތުން 3 ވަނައެވެ.