Ad

ޔޫރޯ 2020: އިޓަލީ 2 ވަނަ ބުރަށް

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އިޓަލީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ ގަދަ 16 ޔަގީން ކޮށްފިއެވެ.

އިޓަލީގެ ރޯމްގައި ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި އިޓަލީ ކުޅުނު ފުރަތަމަ މެޗްގައި ތުރުކީގެ މައްޗަށް ކުރި ހޯދީވެސް މި ނަތީޖާއިންނެވެ. މިމޮޅާއެކު އިޓަލީން ވަނީ އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފައެވެ. އަދި މިއީ އިޓަލީން ބަލި ނުވެ ހަމަކުރި 28 ވަނަ މެޗެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޑޮމެނިކޯ ބެރާޑީ ދިން ބޯޅައަކުން އިޓަލީއަށް އެ ގޯލް ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެލީއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އިޓަލީގެ 2 ވަނަ ލަނޑުވެސް ޖެހީ ލޮކަޓެލީއެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ.
މެޗުގެ 89 ވަނަ މިނެޓުގައި 3 ވަނަ ގޯލް ޖެހީ ފޯވާޑު އިމޯބިލޭއެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 2 ވަނަ ގޯލެވެ.

މިނަތީޖާއާއެކު އިޓަލީއަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. މިގްރޫޕްގެ ދެވަނައިގައި ވޭލްސް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގައި ދެން އެންމެ އަވަހަށް ވާދަކުރާނީ ވޭލްސްއާއި އިޓަލީއެވެ. ސްވިޒަލޭންޑް ޕޮއިންޓަކާއެކު ތިންވަނައިގައި އޮތް އިރު، ފުލުގައި އޮތް ތުރުކީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެހެންނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ކޮންމެޓީމަކަށްވެސް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *