އަވައްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްގައި ހަރުކަށި ހިންދޫންގެ ބަޔަކު މުސްލިމަކަށް އަނިޔާކުރާ ވީޑިއޯއެއް ޓްވިޓަރ އިން ޑިލީޓްނުކުރުމުން ޓްވިޓަރ ގެ އިންޑިއާ ރީޖަންގެ އެންމެ އިސްވެރިޔާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
ރޮއިޓާރސްއަށް ލިބިފައިވާ މި ޗިޓާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުގެ އިތުރުން ބައިނަލް އަޤްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެގެ ތާރީޚުގެ މި ޗިޓުގައި، ޓްވިޓަރ ކުންފުނީގެ އިންޑިއާ ރީޖަންގެ ވެރިޔާ މަނީޝް މަހެޝްވަރީ އެ ޗިޓް ރައްދުކުރެވޭ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އިންޑިއާގެ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.
"މުޖުތަމަޢުގެ ތެރޭގައި ނަފްރަތާއި ބައިބައިވުން އުފެއްދުމަށް ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ޓްވިޓަރ އަތްގަނޑު ބޭނުންކުރަމުން ގެންދާއިރު ޓްވިޓަރ އިން ހަމަ އެނގޭކަމަށްވެސް ހަދާނުލައެވެ" ޓްވިޓަރގެ އިންޑިއާ ރީޖަންގެ އެންމެ އިސް އޮފިޝަލް ފުލުހަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވެއެވެ.
ޓްވިޓަރ އިން އެ ވީޑިއޯތަކެއް ނުނަގައިގެން އިންޑިއާ ސަރުކާރުން ކަންބޮޑުވެ އެކުންފުނީގެ ވެރިން ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، "ޖޭ ސްރީ ރާމް" މިހެން ކިޔުމަށް އެ މީހާއަށް މަޖުބޫރުކޮށް އަނިޔާކުރަމުންދާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއަކުން ފެންނަގޮތުގައި އެމީހާއަށް އަނިޔާކުރުމަށް ފަހުގައި އެމީހާގެ ތުނބުޅިވެސް ގަދަކަމުން ކަތުރަކުން ކޮށާލާ މަންޒަރުވެސް ފެނެއެވެ.
A Hindu man named Vinay Kumar Meena who is beating an elderly Muslim and forcing him to speak Jai Shri Ram, this is the situation of the new India. This is Modi's the new India. pic.twitter.com/BFAs40Or8T
— Abdul (@Abdul59134609) May 3, 2020
އިންޑިއާގެ ނޫސްތަކުންނާއި އެހެނިހެން ނޫސްތަކުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ވީޑިއޯގައި ފެންނަ އަނިޔާ ލިބެމުންދާ މީހަކީ އުއްތަރު ޕްރަދޭޝްގެ ޣާޒީއާބާދު ސަރަޙައްދަށް ނިޞްބަތްވާ ޢުމުރުން 72 އަހަރުގެ ޢަބްދުއްޞަމަދު ސައިފީ ކިޔުނު މުސްލިމެކެވެ. އޭނާއަށް އަނިޔާކުރަނީ ހިންދޫ އިން ކަން ވީޑިއޯ އިންވެސް ހާމަވާއިރު ނޫސްތަކުންވެސް އެކަން ރިޕޯޓްކޮށްފައި ވެއެވެ.
ހަރުކަށި ހިންދުތުވާއިންގެ ބާރުގަދަ ބީޖޭޕީ ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެއްވެސް އެއްޗެއް ހާމަކުރުމަށް ޓްވިޓަރ އިން ދެކޮޅުހަދާފައި ވާއިރު، ޚުދު މަހޭޝްވަރީ ވެސް މީޑިއާގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައި ނުވެއެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅިގެން އިންޑިއާގެ އައިޓީ މިނިސްޓަރ ރަވީ ޝަންކަރު ވަނީ ޓްވިޓަރ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެ ވީޑިއޯ އާ ގުޅިގެން ފިޔަވަޅު އެޅުމަށް (ވީޑިއޯ ނެގުމަށް) ޓްވިޓަރ އިން ނުކުޅެދުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އައިޓީ މިނިސްޓަރ ޝަންކަރު ވިދާޅުވެފައި ވެއެވެ.
އިންޑިއާގައި އަލަށް ޢަމަލުކުރެވެން ފެށި އައިޓީ "ޤާނޫނު" ގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށްފައި ވެއެވެ. އިޖްތިމާޢި މަންސަތަކުގައި ހިއްސާކުރާ މަންޒެއް ނުވަތަ ވާހަކައަކާ ގުޅިގެންވެސް އެކަމެއް ކުރި މީހެއްގެ އިތުރުން އެ އެއްޗެއް ޝެއަރކޮށް ހެދި މީހަކާއި އަދި އެކުންފުންޏެއްގެ މައްޗަށްވެސް ފިޔަވަޅުއެޅޭ މިންވަރަށް މި ޤާނޫނު ވަނީ ހަރުކަށި ކޮށްފައެވެ. މުޖުތަމަޢުގައި ނަފުރަތާއި ދެކޮޅުވެރިކަން އުފެދުމަށް ފުރުސަތު ލިއްބައި ނުދިނުމަށްކަމަށް ބުނެއެވެ.
އިންޑިއާ ސަރުކާރުން އަލަށް އެކުލަވާލައި މިމަހު ޢަމަލުކުރަންފެށި މިޤާނޫނާ ގުޅިގެން އދ ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ރަޕައުޓަރުންތަކެއް ވެސް އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި، އަލަށް ޢަމަލުކުރަން ފެށި ޤަވާޢިދުތައް އިޞްލާޙުކުރުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލައްވާފައި ވާކަންވެސް ފާހަގަކޮށްލެވެ އެވެ.
2 Responses
މިޚަބަރަށް ބަލާވިސްނާލުމުން އެގިގެން ދިޔަ ކަމަކީ އިންޑިޔާގެ އެންގުމަށް ސަރުކާރުން ރައިޔަތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭބިލެށްގެ މައްސަލަ ކަން ބޮޑުވެގެން މިއުޅެނީ
ނަފްރަތުގެ ބިލް ހަދަނީ ކޮންބައެއްގެ ބޭނުމައް ކަމާ ކޮންބައެއްގެ ނުފޫޒުންކަމާ ކޮންބޭނުމަކު ކަން ވަރަށް ސާފު. އިންޑިޔާމީހަކާ ދިމާއަށް އެއްޗެއް ބުނަންނާ އެމީހުންގެ ސިފައިން މިތާ ތިބޭތީ އިދިކޮޅަށް ވާހަކަ ދައްކަންޏާ އެއީ ނަފްރަތުގެ އަމަލެއްޒަލީފް