Ad

ހޫނުގަދަވުމުގެ މައްސަލަ ވަރަށް ބޮޑުވި، ކުޅުންތެރިން ކޮންމެ 5 މިނެޓަކުން އެދުނީ ވޯޓަރ ބްރޭކަށް: ޑިޝޯމްޕްސް

ހަންގޭރީ މެޗު ގަދަ ހޫނާއި އަވީގައި ކުޅެންޖެހުމުން މޮޅުވާން އުނދަގޫވިކަމަށާއި، އެހެން ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއްކަމުގައި ފްރާންސްގެ ކޯޗު ޑިޝޯމްޕްސް ބުނެފިއެވެ.

މެޗު ނިމިގެން ބޭއްވި ޕްރެސްގައި ޑިޝޯމްޕްސް ބުނެފައިވަނީ، ހަންގޭރީގެ ސަޕޯޓަރުން ކުރިމަތީގައި ހަންގޭރީ ކުޅުނީ ހުނަރުވެރި ގޭމެކެވެ.

ފްރާންސްގެ ކޯޗު ބުނެފައިވާ ގޮތުގައި މެޗުގެ ފުރަތަމަ ހާފު ފެށިގެން ކޮންމެ 5 މިނެޓަކުން ކަހަލަ ގޮތަކަށް ފްރާންސް ކުޅުންތެރިން ކޫލިންގ ބްރޭކަށް އެދެމުންދިޔަ ކަމަށެވެ. ހަންގޭރީގެ ލީގު މެޗުތަކަކީ މެންދުރު 2 ޖަހާއިރު ފަށާ މެޗުތަކެއްކަމުގައިވާތީ، ގަދަ އަވީގައި ނުވަތަ ހޫނުގައި ކުޅެންޖެހުން ހަންގޭރީއަށް މައްސަލައަކަށް ނުވާނެކަމުގައި ޑިޝޯމްޕްސްވަނީ ބުނެފައެވެ.

"އަހަރެން އުޒުރު ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު، ގަދަ އަވީގައި މެންދުރު 2 ނުވަތަ 3 ޖަހާއިރު ފަށާ މެޗުތަކުގައި އެންމެ ބެސްޓް ދައްކަން އުނދަގޫވާނެ. އެކަމަކުވެސް، ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ. ދެވަނަ ހާފްގައި ފުލް އެޓޭކަށް ބަދަލުކުރަންޖެހުނު." ކޯޗު ޑިޝޯމްޕްސްވަނީ ބުނެފައެވެ.

ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިޒްމަންވެސް ބުނެފައިވަނީ ގަދަ އަވީގައި ކުޅެންޖެހުމުން އުނދަގޫވިކަމަށާއި، އެކަމަކުވެސް ޕޮއިންޓަކާއެކު މެޗު ނިންމާލެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ. ދެން އޮތީ، ޕޯޗުގަލް މެޗަށް ތައްޔާރުވުންކަމުގައި ގްރިޒްމަން ބުނެފައިވެއެވެ.

ޕޯޗުގަލް އާއި ފްރާންސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2020 ވަނަ އަހަރު ނޭޝަންސް ލީގު ގްރޫޕް ސްޓޭޖުގައެވެ. އެމެޗު ފްރާންސްއިން 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ނޮކައުޓް ބުރަށްވަނީ ދަތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *