Ad
ކޮވިޑް19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހުގައި ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ ގޮތުން ލޯންޗްކުރި އޮންލައިން އިޝްތިހާރުގައި އޭރުގެ މިނިސްޓަރ ޢަލީ ވަޙީދު-: ފޮޓޯ: ޓުރިޒަމް މިނިސްޓްރީ
ކޮވިޑް19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހުގައި ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ ގޮތުން ލޯންޗްކުރި އޮންލައިން އިޝްތިހާރުގައި އޭރުގެ މިނިސްޓަރ ޢަލީ ވަޙީދު-: ފޮޓޯ: ޓުރިޒަމް މިނިސްޓްރީ

"ރިހާކުރުފުޅި ވަގަށް ނެގި މީހާ" ކޯޓަށް ހާޒިރުކޮށްގެން، އެހެން މީހަކު ވީމާ އެހެން ގޮތަކަށް ޝަރީޢަތްކުރުމަކީ ޤާނޫނުއަސާސީގެ ހަމައެއްނޫން: ޕީޖީ

"ރިހާކުރުފުޅި ވަގަށް ނެގި މީހާ"  ކޯޓަށް ހާޒިރުކޮށް ޝަރީޢަތްކޮށްފައި އެހެން މީހަކު ވީމާ ރާއްޖޭގެ އިޚްޠިޞާޞް ނުހިނގާ ތަނެއްގައި ޝަރީޢަތް ކުރުން ރަނގަޅެއް ނޫންކަމަށާއި އަދި އެއީ ޤާނޫނުއަސާސީގައި ބުނާ ހަމައެއް ވެސް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައި މިވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ "ރޭޕް" އަދި "ޖިންސީ ގޯނާ" އާ ގުޅުންހުރި ދަޢުވާތަކާ ގުޅިގެން އެ ކޯޓުގައި އިއްޔެ ބޭއްވުނު ޝަރީޢަތުގެ މަޖްލީހުގައި ޤާޟީ ނިންމެވި ނިންމެވުމަކަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތް ރާއްޖޭގެ ޖުރިސްޑިކްޝަން އިން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީޢަތް ކުރިއަށްގެންދެވުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވައި ޝަމީމް ކުރެއްވި މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ އެ ނިންމެވުމަކީ ސްޕްރީމް ކޯޓުގެ ޤަވާޢިދާވެސް ޚިލާފު ނިންމެވުމެއް ކަމަށެވެ.

ދައުލަތުގެ ފަރާތުން ސީދާ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓަށް ވަޑައިގެން ދައުލަތް ތަމްސީލުކުރެއްވި މި ޝަރީޢަތުގެ އަޑުއެހުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން (ޤާނޫނުހިނގާ ސަރަޙައްދު) އިން ބޭރުގައި ޢަލީ ވަޙީދު ހުރެގެން އޮންލައިންކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތަކަށް މި އަޑުއެހުން ވާތީވެ އެކަން އެގޮތަށް ނުކުރެއްވޭނެކަމަށެވެ.

ޕީޖީ ޝަމީމުގެ މި އިޢުތިރާޟާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވީ، ދައުލަތުން އިޢުތިރާޟުކުރައްވާ އެކަމަކީ ޝަރީޢަތުން ގޮތެއްކަނޑައަޅުއްވާފައިވާ ކަމެއްކަމުން އެކަމާމެދު ދައުލަތަށް އިތުރަށް ބަހުސްނުކުރެއްވޭނެ ކަމަށެވެ.

ޢަލީ ވަޙީދުގެ މައްސަލައިގެ އިއްޔެގެ އަޑުއެހުމާ ގުޅިގެން ޕީޖީ އޮފީހުން މިއަދުގެ ވަގުތެއްގައި ނޫސްބަޔާނެއްވެސް ނެރެފައިވާއިރު، މި މައްސަލައިގެ ޝަރީޢަތުގެ ނިންމެވުންތަކާމެދު އެ ބަޔާނުގައި ޕީޖީ އޮފީހުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން އިން ބޭރުގައި، ދަޢުވާލިބޭ ފަރާތް ހުރެގެން އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދެވޭނެކަމަށް ޤާޟީ ނިންމެވި ނިންމެވުމާއި، ޝަރީޢަތުގެކުރިން ހުށައަޅާ ހުށައެޅުން ހުށައެޅުމަށް ޢަލީ ވަޙީދަށް ފުރުޞަތު ދެއްވުމަށް ނިންމެވި ގޮތުގެ އިތުރުން، ޝަރީޢަތުގެ ނިންމެވުންތައް ލިޔުމުން ދަޢުލަތާ ހިއްސާނުކުރައްވާކަމުގެ ކަންބޮޑުވުން ވެސް މެއެވެ.

އަދި، ދިވެހިރާއްޖޭގެ ޖުރިސްޑިކްޝަން އިން ބޭރުގައި، ދަޢުވާލިބޭ ފަރާތް ހުރެގެން އޮންލައިންކޮށް ޝަރީޢަތް ކުރިއަށް ގެންދެވޭނެކަމަށް ޤާޟީ ނިންމެވި ނިންމެވުން އެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފުކުރަން ނިންމާފައި ވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ޢަލީ ވަޙީދު ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި އުފުލިފައިވާ ދަޢުވާތަކުގެ އިއްޔެގެ ޝަރީޢަތުގެ މަޖްލީހުގައި ޢަލީ ވަޙީދުގެ ވަރުގަދަ ބަހުގެ ޙަމަލާތަކެއްވެސް ޕީޖީ ޝަމީމަށް އަމާޒުކުރަށްވާފައި ވެއެވެ.

ޝަމީމް އަކީ އެމްއެމްޕީއާރުސީ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބުގެ ވަކީލު ކަމުގައި ވިދާޅުވެ ނުސީދާ ރައްދެއް ދެއްވުމުގެ އިތުރުން، ޝަމީމަށް އުންސުރު ފެނިވަޑައިގަންނަވަނީ ވަކި މައްސަލަތަކެއްގައި އެކަނިކަމަށްވެސް ވިދާޅު ޢަލީ ވަޙީދުގެ ބޮޑެތި ފާޑުކިއުންތަކެއް ޕީޖީ ޝަމީމަށް ޝަރީޢަތުގެ މަޖްލީހުގެ ތެރެއިން އަމާޒުކުރައްވާފައި ވާކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *