Ad

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ އެލެވެންސްއިން އުނިކުރި ފައިސާ ދިނުމަށް އަމުރުކޮށްފި

 

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންގެ އިންވެސްޓިގޭޝަންސް އެލެވެންސް އިން އުނިކޮށްފައިވާ ފައިސާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެކޮމިޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

ކޮމިޝަންގެ 7 އިންވެސްޓިގޭޓަރަކު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އިންވެސްޓިގޭޓަރުންނަށް ދޭންޖެހޭ އިންވެސްޓިގޭޝަންސް އެލެވެންސް ކޮމިޝަނުން ދެމުން އަންނަ ގޮތަކީ، ސަލާމާއި، ރަސްމީ ބަންދު ދުވަސްތަކާއި، ޤާނޫނުން މުވައްޒަފަށް ލިބޭ ޗުއްޓީތަކުގައި ހުންނަ ދުވަސްތަކަށް އުނިކޮށްފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ހުށަހަޅި ފަރާތްތަކުގެ ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު އިރުވަރު ނޫހާއި ވާހަކަ ދައްކަމުން ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނުގައި، "އުޖޫރަ" މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާ ގުޅިގެން ފައިސާއިން ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށްދޭ މުސާރައާއި އެލެވެންސްތަކާއި، ޢިނާޔަތްތަށް ހިމެނޭކަމާއި، އެނުކުތާ މައްސަލަ ނިންމުމުގައި މައްސަލަ ބެއްލެވި މެމްބަރުވެސް ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2016 ވަނަ އަހަރުގެ 203 ވަނަ ނަންބަރ ޤަޒިއްޔާގައިވެސް، މުވައްޒަފު ސަލާމްބުނުމާއި، ޤާނޫނުން ލިބިދެވޭ ޗުއްޓީތަކުގައި މުވައްޒަފު ހުންނައިރު، އެމުވައްޒަފެއްގެ އެލެވެންސްތަކުން އުނިނުކުރެވޭނެކަމަށާއި، އެކަން ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާއަށް ބެލުމުންވެސް އެނގޭކަމުގައި ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވިއެވެ.

މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމް ވަހީދު، ޝަޒީމަކީ ޖިނާޢީ ބޮޑެތި މައްސަލަތަލުގައި ވަކާލާތުކުރައްވާ ކުޅަދާނަ ޤާނޫނީ ވަކީލެއް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވަނީ، އިންވެސްޓިގޭޝަންސް އެލެވެންސަކީ، މުވައްޒަފު ޙާޟިރުވާ ދުވަހަކަށްދެވޭ އެލެވެންސެއްކަމާއި، އެލެވެންސަކީ މުވައްޒަފުގެ މަސައްކަތް ފަހިކުރުމަށްދެވޭ އެލެވެންސެއްކަމަށެވެ. އަދި، މުވައްޒަފު ވަޒީފާއަށް ކުރިމަތިލާއިރު އެކަމަށް ރުހިގެން ކުރިމަތިލާކަމަށާއި ވީމާ، އެލެވެންސް ދެވޭ އުޞޫލަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަކަށް ނުދޭކޭކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، އިންވެސްޓިގޭޝަންސް މަސައްކަތަކީ މުވައްޒަފު އެމަސައްކަތުގައި ދެމިހުރިހާ ހިނދަކު ދޭންޖެހޭ އެލެވެންސެއްކަމާއި، އެއީ އެޓެންޑެންސް އެލެވެންސެއް ނޫންކަމުގައިވެސް ޤާނޫނީ ވަކީލު ޝަޛީމް ވަޙީދު ބުނެފައިވެއެވެ.

މީގެ ކުރީގައިވެސް، މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތަށް ކޮމިޝަނުން ހިފަހައްޓާފައިވާތީ، އެކޮމިޝަނުގެ އެކި މުވައްޒަފުންވަނީ ކަމާބެހޭ އެކި މުއައްސަސާތަކުގައި މައްސަލަ ހުށަހަޅާފަވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *