Ad
ޤާނޫނީ ވަކީލު ޝަޒީމް ވަހީދު
ޤާނޫނީ ވަކީލު ޝަޒީމް ވަހީދު

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތެއް ނުކުރަން: ލޯޔަރު ޝަޒީމް

ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު ވިދާޅުވެއްޖެއެވެ.

ވަކީލު ޝަޒީމު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި، ރައީސް ނަޝީދަށް ދިން ޙަމަލާގައި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ޝަޒީމު ވަޙީދު ހިމެނޭކަމުގައި ވިދާޅުވުމާއި ގުޅިގެންނެވެ.

އިރުވަރު ނޫހާއި ވާހަކަ ދައްކަމުން ޤާނޫނީ ވަކީލު ޝަޒީމު ބުނެފައިވަނީ، ރައީސް ނަޝީދަކީ ވަރަށް އިޙްތިރާމްކުރާ ބޭފުޅެއްކަމަށާއި، ޙަމަލާދިން ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މައްސަލާގެ ތަޙްޤީޤު އެއްވެސް މަރުޙަލާއެއްގައި އަދި ކުރިމިނަލް ކޯޓުގައިވެސް ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުން ތުހުމަތުކުރެވޭ އެއްވެސް މީހަކު ތަމްސީލުކޮށްފައި ނުވާނެ ކަމަށެވެ. އެކަން ފުލުހުންނާއި ކުރިމިނަލް ކޯޓުގެ ރެކޯޑުތަކުންވެސް އެނގޭނެކަމުގައި ވަކީލު ޝަޒީމު ވިދާޅުވިއެވެ.

މުޅި ޤައުމު އެމައްސަލައަކަށް ނަޒަރު ހުއްޓިފައިވާ މައްސަލައެއްގައި، ޕަބްލިކަށް މެސެޖުދޫކުރުމާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށްވެސް ޤާނޫނީ ވަކީލު ޝަޒީމު ވަޙީދުވަނީ ގޮވާލާފައެވެ.

ލޯޔަރު ޝަޒީމަކީ ޖިނާޢީ ބޮޑެތި މައްސަލަތުތަކުގައި ވަކާލާތުކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. ޖިނާޢީ ބޮޑެތި މައްސަލަތައް ކާމިޔާބުކުރުމުގައި އެންމެ ރަނގަޅު ރިކޯޑެއް މިފަހުން އޮތީ ލޯޔަރު ޝަޒީމްގެ އަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *