Ad

ވަރަށް ވިއްސާރަ! ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާރޓް ނެރެފި

ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފައިވަނީ މިއަދުގެ ހަވީރު 5:00 ރޭނގަޑު 9:00 އަކަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ. އަތޮޅުން ކ.އަތޮޅަށްހ ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށްވެސް އިދާރާއިންވަނީ ލަފާކޮށްފައެވެ.

އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިންވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކުރިއަށް އޮތް 48 ގަޑިއިރުގައިވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ރާއްޖެއަށް މިހާރުކުރަމުން އަންނަ މޫސުމީ ވިއްސާރައިގެ ބާރު މިހަފްތާ ބަންދު ތެރޭގައި ގަދަވާނެކަމަށް މީގެކުރިންވެސް އެއިދާރާއިންވަނީ ލަފާކުރައްވާފައެވެ.

ވިއްސާރައިގެ ސަބަބުން ވައިގަދަވެ ކަނޑުގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *