ޗިކިން މޯލްޑިވްސްއާއި ގްލޯރިއާ ޖީންސް ކޮފީގެ ބްރޭންޑް އެމްބަސެޑަރަކަށް މަޝްހޫރު ހަބޭސް ބޮޑުބެރު ގްުރޫޕް ހަމަޖައްސައިފިއެވެ.
ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ ޗިކިން މޯލްޑިވްސްއާއި ގްލޯރިއާ ޖީންސް ކޮފީގެ ބްރޭންޑް އެމްބަސެޑަރަކަށް ހަބޭސް ހަމަޖެއްސީ ޗިކިންގ މޯލްޑިވްސްގެ އައުޓެލެޓެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ހުޅުމާލޭގައި ހުޅުވި ޗިކިންގެ އައުޓްލެޓް ހުންނަނީ ސެންޓަރަލް ޕާރކްކައިރީ ހުންނަ އަމީން އެވިނިއުގެ ތިރީގައެވެ. މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ޗިކިންގެ ހުޅުމާލޭ އައުޓްލެޓުގެ ހުރިހާ މީލްއަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.
މިރަސްމިއްޔާތުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެން ދިޔައެވެ. ހަބޭސްއަކީ ރާއްޖޭގެ އެންމެ މަޤްބޫލް ބޮޑުބެރު ގްރޫޕަށްވާއިރު ޗިކިންގ އާއި ގްލޯރިއާ ޖީންސް ކޮފީގެ ބްރޭންޑް އެމްބަސެޑަރަކަށް އެގްރޫޕް ހަމަޖެހިގެން ދިއުމަކީ މި ބްރޭންޑް އިތުރަށް އިޝްތިހާރު ވެގެންދާނެ ކަމެކެވެ.
ޗިކިން މޯލްޑިވްސްއާއި ގްލޯރިއާ ޖީންސްގެ ރާއްޖެ ގެނެސް ފުތަރަމަ ޚިދުމަތްދޭން ފެށީ 2018 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ގްލޯރިޔާ ކޮފީއާއި ޗިކިންގެ ފުރަތަމަ ރެސްޓޯރެންޓް އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވީ ރަސްފަންނުގައެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޗިކިންގްއަކީ 2000 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދަމުން ގެންދާ ފްރެންޗައިޒް ބްރޭންޑެކެވެ. މި ބްރޭންޑްގެ 150 އަށްވުރެ ގިނަ ގޮފި ދުނިޔޭގެ އެކި ޤައުމުތަކުގައި ދަނީ ހިންގަމުންނެވެ. ކުކުޅު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު މީރު ރަހަތައް ހިމެނޭ "ޗިކިންގް" ގެ ބާނީއަކީ އިންޑިޔާއަށް އުފަން އޭކޭ މަންސޫރު އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ، "ގްލޯރިއާ ޖީންސް ކޮފީ"ގެ 800 އަށް ވުރެ ގިނަ އައުޓްލެޓް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރެއެވެ. މިއީ ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑެވެ.