Ad

ފަންބޮނޑި އާއި އުރީދޫ ގުޅިގެން ފޭސްއިން ވިލުފުއްޓަށް ތެލެ ކޮންސެލެޓޭޝަންގެ ހިދުމަތް.

 

ފަންބޮނޑި މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް އެހީތެރިކަމާއި ފޭސް ޖަމްއިއްޔާއިން ވިލުފުށީ ސިއްހީ މަރުކަޒުގައި ތެލެ ކޮންސެލެޓޭޝަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހަދިޔާކޮށްފި އެވެ.

ވިލުފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ސިއްހީމަރުޒަށް ހަދިޔާ ކޮށްދެއްވީ ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމެވެ. އަދި ވިލުފުށީ ސިއްހީމަރުކަޒުގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ ވިލުފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ ސިއުތު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލުފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ ސިއުތު އިބްރާހިމް ވިދާޅުވީ ތެލެ ކޮންސެލެޓޭޝަންގެ ހިދުމަތް ވިލުފުށީ ސިއްހީމަރުކަޒުގައި ގާއިމްވެގެން ދިއުމަކީ މުޅި ދުނިޔޭގެ ސިއްހީ ހިދުމަތާއި ސިއްހީ ގޮތުން ވިލުފުށި ގުޅާލުން ކަމަށާއި މިކަމުގެ ސަބަބުން ވިލުފުށީގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ސިއްހީ ހިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ސިއްހީ ފަރުވާ ހޯދުމަށް ވިލުފުށީ ރައްޔިތުން ރަށުން ބޭރަށް ފުރައިގެން ދާން ޖެހުން ތެލެ ކޮންސެލެޓޭޝަންގެ ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެެންދާނެ. އަދި ކައިރި ރަށްރަށުގެ ރައްޔިތުންގެ ސިއްހީ ހިދުމަށް ކުރަންޖެހޭ ދަތުރު އިންތިހާއަށް ކުރުވެގެން ދާނެ." ސިއުތު އިބްރާހިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ ތެލެ ކޮންސެލެޓޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް  ފަންބޮނޑި މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ދެއްވި އެހީތެރިކަމަށް ސުކުރު ދައްނަވާފަ އެވެ.

" ހަގީގަތުގައި މުޅި ޕޮރޮޖެކްޓަށް ބޭނުންވާ ހުރިހާ ތަކެތި ފޯރުކޮށްދީފައި މިވަނީ ފަންބޮނޑި އާއި އުރީދޫގެ ފަރާތުން، ވިލުފުށީ ރައްޔިތުންގެ ފަރާތުންނާއި ފޭސް ޖަމްއިއްޔާގެ ނަމުގައި ފަންބޮނޑި މޯލްޑިސް އާއި އުރީދޫ މޯލްޑިވްސް އަށް ސުކުރުދަންވަން."  މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގެ ވިލުފުށީ ކައުންސިލު ރައީސް އާއި މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *