Ad

ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަށް ދިން މައްސަލާގައި ތުހުމަތުކުރެވުނު، މީހުން ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރަމަށް އަމުރެއް ނުދިން

ދާދި ފަހަކުން ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން، މީހުން ދިރިނޫޅޭ ސަރަޙައްދަކަށް ގެންގޮސް ތަޅައި އަނިޔާކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކޮށް، އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރެވެން ނެތްކަމަށް ކޯޓުން ނިންމައިފިއެވެ.

ދަޢުވާކޮށްފައިވާ މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ކުށް ސާބިތުކުރެވޭ މިންވަރުގެ ގިނަ ޢަދަދެއްގެ ހެކި ހުރިކަން ދައުލަތުން ކޯޓުގައި ވަނީ ބުނެފައެވެ. ދަޢުވާގައި ކުށް ސާބިތުކުރުމަށްޓަކައި ދައުލަތުން ޖުމްލަ 40 ހެކި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމު ހެކިންވެސް ހިމެނެއެވެ. މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް 4 މީހަކު ގެންދިޔައެވެ. އެހެން ނަމަވެސް، ދައުލަތުން ދަޢުވާކޮށްފައިވަނީ އޭގެ ތެރެއިން 2 މީހެއްގެ މައްޗަށެވެ. ބާކީ ތިބި 2 މީހުންގެ މައްޗަށް ދަޢުވާކޮށްފައިނުވެއެވެ.

ދައުލަތުން ބުނެފައިވަނީ، މައްސަލައަކީ ސީރިޔަސް ބޮޑު މައްސަލައެއްކަމާއި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަކަކީ ވަރަށް ސީރިޔަސް އަނިޔާތަކެއްކަމަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމެވީ، ދަޢުވާ އުފުލިފައިވާ މީހުންގެ ބަންދު 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *