Ad

ބިމެއް ގަތީ ލޯނު ނަގައިގެން: އަމުރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މާލެއިން ބިމެއް ގަތް ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން، އެ ބިން ބައްލަވައިގަތީ ލޯނު ނަގައިގެން ކަމަށް އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދާ، ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށާއި އެ ގޯތި އެހެން މީހަކު ގަނެފިނަމަ އަޅުގަނޑު އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް ހުށަހެޅީ 2019 ވަނަ އަހަރު ކަމަށެވެ.

އަމުރު ވިދާޅުވީ ވެރިފަރާތުން އެބިން އަމްރުއަށް ވިއްކަން ބޭނުން ވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން އަޅުގަނޑު ކޮށްފަވާ އިންވެސްޓްމެންޓަށް ބެލުމަށް ފަހު އަދި 2017 ވަނަ އަހަރު ކޮށްފައި ހުރި އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަޤާމެއްގަ ހުރުމުން 2017 ގަ އިންވެސްޓްކޮށްފަ ހުރި ފައިސާ ހަލާލު ފައިސާކަން ޔަގީން ކުރުމަށް ފަހު ލޯނު އެޕްރޫވްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ.

އަމުރު ވިދާޅުވީ އަތުކުރީގައި އޮންނަ ގަޑި އަކީ މިވެރިކަމުގެ ކުރިންވެސް ބޭނުން ކުރައްވާ ގަޑިއެއް ކަމަށާއި ދުއްވާ ކަމަށް ބައެއްް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ކާރަކީ އެސްޓީއޯ ކާރެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ލޯނޭބުނަނީ މީހުންކުރިމަތީ އަނދުންއަޅުވަން ވަރަށްސާފް އިނގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *