Ad

ހުޅުމާލޭ ފޭސް 2ގެ ސައިޓުތަކުން ކަރަންޓް ކޭބަލްތަލްތައް ވަގަށްނަގާ މައްސަލަ ބޮޑުވެއްޖެ

ފޭސްދޭކުން އެންމެ ގިނައިން ވައްކަން ކުރަނީ ބިދޭސީން

ހުޅުމާލޭ ފޭސް 2ގެ ސައިޓުތަކުން ކަރަންޓް ކޭބަލްތަލްތައް ވަގަށްނަގާ މައްސަލަ ބޮޑުވެއްޖެއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ސައިޓްތަކުން ވައްކަން ކުރާކަމަށް ތުހުމަތު ކުރެވެނީ ބިދޭސީންނަށެވެ. އެ ބިދޭސީންނަކީ މާލޭގެ މަގުމަތީގައި ޤަވާއިދާ ޚިލާފަށް އުޅެނިކޮށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހައްޔަރުކޮށް ހުޅުމާލޭ ފޭސް 2 ގެ ފެސިލިޓީއެއްގައި ބައިތިއްބާފައިވާ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ލޯނަރު ނަގުމަށްފަހު އުކާފައިވާ ކޭބަލްތަކެއް

އިރުވަރު ނޫހަށް މަޢުލޫމާތުދެމުން މައުލޫމާތު އެނގޭ މީހަކު ބުނީ ހުޅުމާލޭ ފޭސް 2ގައި ހުރި އެމްޕީއެލް ހިޔާ ފެލިސިޓީގައި ގާތްގަނޑަކަށް 50 ވަރަކަށް ބިދޭސީން ތިބިއިރު އޭގެތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށެވެ. ވައްކަން ކުރަނީ މަސްތުވާތަކެތި ބޭނުންކުރާ ބިދޭސީންކަމަށް އެމީހާ ބުންޏެވެ.

"ފޭސް ދޭއްގައި ހުރި ސައިޓަކުން ކޭބަލްއާއި ކަރަންޓްނަރުތައް ވަގަށްނަގައިން ގެންގޮސް އެ ވިއްކަނީ. ކޭބަލުން ލޯ ނަރު ނަގަނީ. ހަމަ ކޮންމެރެޔަކު ދަންވަރު ފިލައިގެންދާނެ ވައްކަންކުރަން. މިކަމުގައި އަމަލީގޮތުން ވިއްސަކަށް ބިދޭސީން ހަރަކާތްތެރިވޭ. ނަރުތައް ވަގައް ނަގައިގެން އަންނަނިކޮށް ސީދާ ރެޑް ހޭންޑްކޮށް އެމީހުން ހިފަހައްޓާފަ ފުލުހުންނާވެސް ހަވާލުވެސް ކުރި." ފޭސް 2 ގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ހުޅުމާލޭ ފޭސް 2ގެ ސައިޓްތަކުން ކަރަންޓް ކޭބަލް ވަގަށް ނެގުމަށްފަހު ލޯނަރު ނެގުމަށްގަހު ކޭބަލްތައް އުކާފަ

ކޭބަލްއާއި ނަރުފަދަ ތަކެތި ކުރިކުރަން ބޭނުންކުރާ ވަސީލަތްތައް އެބިދޭސީން ގެންގުޅޭކަމަށާއި މިއީ ކޮންމެ ރެޔަކު ދަންވަރު ހިނގަމުންދާކަމެކެވެ.

އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނީ. ކިތަންމެ ވަރަކަށްވެސް ރިޕޯޓްކޮށްފިން. ފުލެޓްތައް އެހެރަ ދޮވެލަނީ. ހުރިހާ ނަރަކާ ކޭބަލެއް ވަގަށްނަގައި ހުސްކުރަނީއެ.  އެމީހުން ތިބޭ ސައިޓްގެ ބޭރު ބަލާލާބަލަ. ލޯނަރު ނަގާފައިހުރި ހުސް ވައިރުތައް މުޅިތަނަށް އުކާފަ އެހުންނަނީ. ސައިޓްގެ ބޭރު ބަލާލީމަވެސް އެނގޭނެ ނަރު ވަގަށް ނަގާފަ ހުރި ވަރު. ފުލުހުންނާއި އިމިގްރޭޝަންގެ ސަމާލުކަމަށް ކިތަންމެ ފަހަރަކު މިމައްސަލަ ގެނެވިއްޖެ. އެއްވެސް ވަރަކަށް އަޅާނުލާ." މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ހުޅުމާލޭ ފޭސް 2ގެ ސައިޓްތަކުން ކަރަންޓް ކޭބަލް ވަގަށް ނެގުމަށްފަހު ލޯނަރު ނެގުމަށްގަހު ކޭބަލްތައް އުކާފަ

ހުޅުމާލޭ ފޭސް ދޭއްގައި ހުރި ހިޔާ ފްލެޓްތަކުގެ ކޭބަލްތައް ވަގަށްނެގި މައްސަލައެއް ދާދި ފަހުން ފެންމަތިވިއެވެ. ބިދޭސީން ކުރަމުންމިދާ ލޯނަރު ވަގަށް ނެގުމުގެ ވައްކަކަމީ ފުލުހުންނަށާއި އިމިގްރޭޝަނަށް އެނގިގެން ކުރަމުންދާ ވައްކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މިކަން ހުއްޓުވަން މި މުވައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *