Ad

ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތް: ފުރަތަމަ މެޗް ފެހި ވިލާ ކާމިޔާބުކޮށްފި.

ފޭސް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ތ. ވިލުފުށީ ވިލާތަކުގެ މެދުގައި ކުރިއަށް ގެންދާ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު މެޗް ރަތް ވިލާގެ މައްޗައް ފެހި ވިލާ އިން ކުރި ހޯދައިފި އެވެ.

ވިލުފުށީ ޓާފް ދަަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗް ފެހި ވިލާއިން ކާމިޔާބުކޮށްފައި  ވަނީ 9 އެއް 2 އެއްގެ ބޮޑު ތަފާތަކުން ނެވެ. މި މަޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ފެހި ވިލާގެ ޖޯޒީ ނަމްބަރު 7 އަހުމަދު ސިހާދު އެވެ.

މިއަދު ހަވީރު ބައްދަލު ކުރާނީ ނޫވިލާ އާއި އަޅިވިލާ އެވެ. ނޫވިލާ އަކީ ނިމިދިޔަ އަހަރު މުބާރާތުގެ ޗެންޕިއަން ޓީމެވެ.

އެރަށުގެ ހަތަރު ވިލާ ކަމުގައިވާ ނޫ ވިލާ، އަޅިވިލާ އަދި ފެހި ވިލާގެ އިތުރުން ރަތް ވިލާއިން ބައިވެރިވާ މި މުބާރާތަކީ ޕޮއިންޓް ސިސްޓަމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިމަހުގެ 29 ވަނަ ދުވަހާއި ހަމަ އަށެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރ އަކަށް ފަންބޮނޑި މޯލްޑިވްސް ހަމަޖެހިފައިވާ އިރު ޓައިޓްލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *