Ad

ހުޅުމާލޭގައި ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވައިފި

ހުޅުމާލޭގައި ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ބާރުގަދަ އަޑެއް އިވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާމަގު ކުޅިވަރު ކުޅުމަށް ޚާއްޞަކޮށްފައި އޮންނަ ހުސް ބިމުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލޭސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވި އަޑު މިއެހީ ކުއްލި ހައިރާން ކަމާއި އެކުގައި ކަމަށާއި ރައްޔިތުން މިވަގުތު ތިއްބަވާނީ ހާސްކަމެއްގެ ތެރޭގައި ނަމަވެސް ސަލާމަތީ ޚިދުމަތް ތަކުގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތިން އަމަލުތައް ގެންގުޅުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މިހާދިސާ ހިނގި އެސަރަހައްދުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ގިނައަދަދެއްގެ އާންމުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *