Ad

ސަލަފްގެ ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން އަލީ ރަމީޒު ހޯދައިފި

އަޟްހާ އީދުގެ މުނާސަބަތުގައި ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ބޭއްވި ޓޭބަލް ޓެނިސް މުބާރާތް ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒު ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 12 ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން އަލީ ރަމީޒް ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ "ސަލަފް އީދު އުފާ ޓީޓީ ޓޯނަމަންޓު 1442″ގެ ފައިނަލްގައި އަލީ ރަމީޒާ ވާދަކުރީ ޝެއިޚް އިބްރާހިމް މުހައްމަދެވެ.

މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ސަލަފްގެ ނައިބު ރައީސް ޝެއިޚް އަހުމަދު ސަމީރެވެ.

މަޝްހޫރު ލަވަކިއުންތެރިއެއްގެ ގޮތުގައި ވިދާލުމުގެ ކުރިން ސްކޫލް ދައުރުގައި އަލީ ރަމީޒަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ. ލަވަކިޔުން ތެރިއެއްގެ އެންމެ ފުރަތަމަ އަލީ ރަމީޒު ވިދާލީ ޓީވީ މޯލްޑިވްސް އިން ބޭއްވި އިންޓަރސްކޫލް ލަވަ މުބާރާތުންނެވެ. އޭގެ ފަހުން މެދުކެނޑުމެންނެތި 9 އަހަރު ލަވަކިޔުމަށްފަހު ކުއްލިޔަކަށް ލަވަކިޔުން ހުއްޓާލާ އޭނާ މިހާރު ގެންދަނީ ދީން ކުރިއެރުމަށް މަސައްކަތް ކުރަމުންނެވެ. ލަވަކިޔުން ހުއްޓާލުމަށްފަހު އަލީ ރަމީޒް ވިދާޅުވެފައިވަނީ ދީނުގައި ކުޑަވެސް ފުރުސަތެއް އޮތް ނަމަ މިއުޒިކް ކުޅުން ހުއްޓާނުލީސް ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *