Ad

ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި މީހާ ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި މީހާ ހައްޔަރުކޮށްފިއެވެ.

ހަމަލާގެ މަޢުލޫމާތު ހާމަކުރުމަށް މިހާރު ބައްވަމުންގެންދާ ޕްރެސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ހަމަލާ ރޭވުމުގައި އެންމެ އިސްކޮށްއުޅުނު ކަމަށް ތުހުމަތު ކުރެވެނީ ހއ ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ތަސްލީމް ކަމަށެވެ. އޭނާ ހައްޔަރުކޮއްފައިވަނީ މިއަދުގެ ވަގުތެއްގައި އައްޑޫސިޓީން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ހަމަލާދީީ،މަރާލަން ޖެހޭ ފަދަ މީހެއް ކަމަށް ވިސްނާދީ އިރުޝާދު ދިން ފަރާތެއް ތަހުގީގަށް ގަބޫލުކުރެވޭގޮތުގައި، ހަމަލާދިނުމުގައި އެންމެ އިސް ފަރާތް މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައި. މީނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ޓެރަރިސްޓުން ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށިކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *