Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މާލެއިން ޕޮޒިޓިވްވި 29 މީހުންނާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 123 މީހުން

ރާއްޖެއިން އިތުރު 123 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި 123 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 45 މީހުންނެވެ. އަދި ރިސޯޓްތަކުން 16 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެއިތުރުން ލިވަބޯޑުން 4 މީހަކާއި، ތަރައްޤީ ކުރަމުންދާ ރަށްތަކުން 2 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން 27 މީހަކު ފާއިތުވި 24 ގަޑިއިރުތެރޭގައި ވަނީ ޕޮޒިޓިވްވެފައެވެ. މިއީ 6733 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،646 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 202 ދިވެހިންނާ 17 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *