Ad

ރައީސް ސޯލިހުގެ ފެކްޝަނުން ޤައުމީ މަޖިލީސް ބޮއިކޮޓްކުރުމުން ރައީސް ނަޝީދުގެ ޤަރާރު ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ގަރާރަށް ބަހުސް ކުރާ ޖަލްސާ އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހް ފެކްޝަނަށް ނިސްބަތްވާ ހުރިހާ މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.

މި ޤަރާރަކީ ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ. ނަމަވެސް މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ތާއިދުކުރާ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިއެއް ނުވެއެވެ. އަދި އެއްވެސް ވަޒީރަކު ވެސް ޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

ޤަރާރު މަޖިލީޙުގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވަނީ، ޤަރާރަށް ބަހުސް ކުރަން ބޭނުންވި ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހުގައެވެ. ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ 140 މެމްބަރުން ހިމެނޭ ގްރޫޕެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *