Ad
ހޯރަފުށި އެއާޕޯޓް: މޫސުމް ގޯސް ވެއްޖެ ނަމަ ރަންވޭއަށް ރާޅު އަރާ
ހޯރަފުށި އެއާޕޯޓް: މޫސުމް ގޯސް ވެއްޖެ ނަމަ ރަންވޭއަށް ރާޅު އަރާ

ހޯރަފުށީ ރަންވޭގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

މޫސުމް ގޯސްވެ، ރާޅު އެރުމުގެ ސަބަބުން ދަތުރުތައް މެދުކަނޑާލާފައިވާ ހއ. ހޯރަފުށީ އެއަރޕޯރޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އިން މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެއްޓެވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާޅު އެރުމުގެ ސަބަބުން ދެ ފަހަރަށް ދަތުރުތައް މެދުކަނޑާލަން ޖެހުނު، ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީއާއި ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު އަދި އެމްޓީސީސީގެ އިސްވެރިން، ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއުއަކީ 5.90 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *