Ad
ހޯރަފުށި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެެއިން. ފޮޓޯ:ރައީސްއޮފީސް
ހޯރަފުށި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެެއިން. ފޮޓޯ:ރައީސްއޮފީސް

މި މަހުގެ ދެވަނަ ނުރަސްމީ ދަތުރުފުޅު

ރައީސުލް ޖުމްހޫރިއްޔާ މިއަދު ދުބާއީ އަށް

މި މަހުގެ ތެރޭގައި ކުރައްވާ ނުރަސްމީ ދެވަނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ޔުނައިޓެޑް އެރެބި އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވާނެ އެވެ.

މިދިޔަ ހަފްތާގައި ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވެސް ކުރައްވުމަށް ފަހު މިއަދު ދުބާއީއަށް ވަޑައިގަންނަވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. އެނބުރި ވަޑައިގަންނަވާނެ ކަމަށް ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި ދަތުރުފުޅުގައި ރަސްމީ އެއްވެސް މަސައްކަތްޕުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމެއް އަދި ނޭނގެއެވެ. އަދި އެމަނިކުފާނުގެ ދުބާއީ ދަތުރުފުޅުގެ އަސްލު މަގުސަދެއްވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ގޮތާބަޔަ ރާޖަޕަކްސަޔާ ބައްދަލުކުރެއްވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *