Ad
ޢަބްދުﷲ ޝާހިދު ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ: ފޮޓީ ޝަހިދުގެ ޓްވިޓާ
ޢަބްދުﷲ ޝާހިދު ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ: ފޮޓީ ޝަހިދުގެ ޓްވިޓާ

މިނިސްޓަރ ޝާހިދު ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބަލްގޭރިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިއެވެ.

ޔޫއެންޖީއޭ76 ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ބަލްގޭރިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ޓޫރިޒަމާއި އިގްތިސާދީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޔޫއެންޖީއޭ76 ގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އިސްކަން ދެއްވާ ކަންކަން ވެސް ޝާހިދު ވަނީ ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި އެގައުމުގެ ބައެއް އެހެން ސީނިއަރ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.

ޔޫއެންޖީއޭ76ގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ޒިޔާރަތް ކުރެއްވީ އިންޑިޔާއަށެވެ. އެ ދަތުރުފުޅުގައި ކޮވިޑްގެ ހާލަތުން އަރައިގަތުމާ ބެހޭ ގޮތުންނާއި ކޮވިޑް ވެކްސިންއާ ގުޅޭ ކަންކަމާއި މި ނޫންވެސް މުހިއްމު އެތައް މައުލޫއެއްގައި އިންޑިޔާގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *