Ad

ރައީސް ޔާމީން ދޫކޮށް އެހެން ވިސްނުމަށް ދިއުމަކީ ހެދުނު އެންމެ ބޮޑު ގޯސް: މުހަންމާ

ރައީސް ޔާމީން ދޫކޮށް، އެހެން ވިސްނުމަށް ދިއުމަކީ ހެދުނު އެންމެ ބޮޑު ގޯސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙަންމާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް ދެވަނަ ފަހަރަށް ސޮއިކުރެއްވުމަށްފަހު މުހަންމާ ވިދާޅުވީ ރައީސް ޔާމީން ދޫކޮށް، އެހެން ވިސްނުމަށް ދިއުމަކީ ހެދުނު އެންމެ ބޮޑު ގޯސް ކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީނާއި އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ މެމްބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަލުން ޕީޕީއެމާ ގުޅެން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޔާމީންގެ ފަރާތްޕުޅުން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްފަހުގައި ނޫނީ ހުއްޓާނުލާނެ ކަމަށެވެ. މިރަސްމިއްޔާތުގައި މުހަންމާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. މުހަންމާ ވިދާޅުވީ، ފަދަ އިތުރު ލީޑަރެއް އަތް ފުނާ އަޅައިގެންވެސް މި ރާއްޖެއިން ނުފެންނާނެކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އިހުލާސްތެރިކަމާއެކު ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށެވެ. 

މުހަންމާ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ 2014 އިން 2019 އަށް ހިނގި މަޖިލީހުގެ 18 ވަނަ ދައުރުގައި ޕީޕީއެމަށް މަސައްކަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *