Ad

ލ. އަތޮޅުގައި އަނބިމީހާއަށް ފޮނުވި ފިރިމީހާގެ ބަރަހަނާ ފޮޓޯގެ މައްސަލަ ފުލުހުން ނުބަލަން ނިންމައިފި

ލ. ފޮނަދުއަށް ނިސްބަތްވާ ފިރިހެނެއްގެ ބަރަހަނާ ފޮޓޯތައް، ކޮން ބައެެއްކަން ނޭނގޭ ބަޔަކު އޭނާގެ އަނބި މީހާއަށް ފޮނުވި މައްސަލަ ނުބެލުމަށް ފުލުހުން ނިންމައިފި އެވެ.

ފޮނަދުއަށް ނިސްބަތްވާ ފިރިހެނަކާއި ކައިވެނިކޮށްގެން ފޮނަދޫގައި ދިރިއުޅެމުންދާ އައްޑު އަތޮޅަށް ނިސްބަތްވާ އަންހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވީނަމަވެސް ފުލުހުން ވަނީ މައްސަލައިގެ ބާވަތުން މައްސަލަ ނުބެލުމަށް ނިންމާފަ އެވެ.

ވަޓްސް އަޕް މެދުވެރިކޮށް އަނބިމީހާގެ ފޯނަށް ފިރިމީހާގެ ބަރަހަނާ ފޮޓޯ ލިބުނު މައްސަލަ ފުލުހުން ވަނީ މިހާރު ފައިލް ވެސް ކޮށްފަ އެވެ.

ލާމް ފޮނަދޫ ސިއްހީ މަރުކަޒުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރާ އަނބިމީހާ ފުލުހުންނަށް މައްސަލަ ހުށަހެޅި އިރު ވަނީ ވަޓްސް އެޕް މެދުވެރިކޮށް ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ފޮނުވި ނަމްބަރާއި ފޮޓޯތައް ވެސް އޭރު ފުލުހުންނާއި ހިއްސާކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ކުރިން ކައިވެއްޏެއްކޮށް ދަރިއެއް ވެސް ހުންނަ ފިރިމީހާގެ ބަރަހަނާ ފޮޓޯތައް ލިބި އަނބިމީހާ ކުރިމަތީގައި ބޭޒާރުވި ފިރިމީހާ އަކީ މީގެ އަހަރުތަކެއް ކުރިން އެ އަތޮޅު ގަމުން ވެސް ހިލޭ އަންހެނެއް ގާތަށް ވަދެ އޮއްވައި ރައްޔިތުން ނިކުމެ ބަރަހަނާ ހާލުގައި މަގުމައްޗައް ނެރުނު މީހެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތެއްް ނުވެފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *