Ad
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ބޮޑު ފޮޅަދޫގައި ތަރައްގީކުރި މަސްކަނޑާތަން
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ބޮޑު ފޮޅަދޫގައި ތަރައްގީކުރި މަސްކަނޑާތަން

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ބޮޑު ފުޅަދުއަށް އުފާވެރިކަން

ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް)ކޮމިއުޓީ ފަންޑުން ގެންދަނީ ރަށްރަށުގެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިއްމު އެތައް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ކޮންމެ އަހަރަކުވެސް ދިވެހިންގެ ބޭންކުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އެންމެ ފަހުން ނިންމާފައިވަނީ އއ.ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެކެވެ. މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.

މިތަން ފަރުމާކުރެވިފައި ވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑޭ ގޮތަށެވެ. ސާފު ފެން ލިބޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މަސްކަނޑާތަނުގައި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް ހުރެއެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާއިން ބުނި ގޮތުގައި މިއީ ރަށުގެ މަސްވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *