Ad
ޔާމީން ނޫސް ކޮށްފަރެންސެއްގައި
ޔާމީން ނޫސް ކޮށްފަރެންސެއްގައި

ޔާމީނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ދާތީ، ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެއެވެ.

އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުޙައްމަދުގެ އިތުރުން ދެ ޕާޓީގެ އިސް ހަރަކާތްތެރިންނާއި އާންމު މެންބަރުން ވެސް ހިމެނެއެވެ.

އެއްވެފައިވާ މީހުން ގޮވާލަމުން ދަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި މައިގަނޑު އެއް ހެއްކަކީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުއެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *