Ad

ދޫނިދޫ ޖަލުގައި ކޮވިޑް ފެތުރެނީ!

ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ޚާއްޞަކުރެވިފައިވާ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ޖަލުތަކުގައި އަނެއްކާ ވެސް ކޮވިޑް ބަލި ފެތުރޭކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ބަލި ޖެހިގެން ގިނަ ޢަދަދެއްގެ ބަންދު މީހުން ވަނީ ކަރަންޓީނު ކުރެވިފައެވެ. މީގެތެރޭގައި ޞިއްޙީ ޙާލަތު ވަރަށް ސީރިޔަސް މީހަކު ހުރި ގޮޅިޔެއްވެސް ކަރަންޓީނު ކުރެވިފައި ވާކަމަށްވެއެވެ.

ކޮވިޑް ބަލީގައި ޖަލުތަކުގައި ބަންދުގައި ތިބޭ ޤައިދީންނަށް އަޅާލުމެއް ނުބަހައްޓާކަމުގެ ޝަކުވާ ކޯޓުތަކުގައި އަދި މީޑިއާގައި ވަކީލުން ވަނީ އުފުލާފައެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *