Ad
ރައީސް ޔާމީން ޝަރީއަތުގެ އަޑުއެހުމެއްގައި
ރައީސް ޔާމީން ޝަރީއަތުގެ އަޑުއެހުމެއްގައި

ރިލްވާނުގެ މަރުގެ ތަހުގީގަށް ރައީސް ޔާމީން ހުރަސް އެޅުއްވިކަމުގެ ތުހުމަތުގައި މަރު ކޮމިޝަނަށް!

ވަގަށް ނަގައި މަރާލާފައިވާ އަހުމަދު ރިލްވާން އަބްދުﷲ މައްސަލައިގެ ތަހުގީގަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު ހުރަސް އެޅުއްވި ކަމަށް ތުހުމަތު ކުރެވޭތީ ރިޔާސީ ކޮމިޝަނުން މިއަދު އެމަނިކުފާނާ ސުވާލުކޮށްފިއެވެ.

ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވި ގޮތުގައި ކޮމިޝަންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެމަނިކުފާނު ހަނު ހުންނެވީއެވެ.

ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކުރަން ޖެހުނީ ކޮމިޝަނުގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަންތައްތަކެއްގެ އޮޅުންފިލުމަށް ކަމަށް މިސްބާހު ވިދާޅުވިއެވެ.

"ވާހަކަ ނުދައްކަވާ ރައީސް ޔާމީން ހަނު ހުންނެވީތީ ހިތާމަކުރަން."

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރު ކުރެއްވީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށެވެ. އަދި އެއީ ސަރުކާރުގެ ނުފޫޒުން ހިނގާދިޔަ ކަމެއްގެ ގޮތުގައި ވެސް ވަކީލުން ތުހުމަތުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *