Ad

12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ!

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސީން ދޭން ނިންމާ، ވެކްސިން ދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 12 އަހަރުން މަތީގެ ކުޑަކުދިންނަށް ރާއްޖޭގައި ދޭނީ ފައިޒާ ވެކްސިން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާކަމަށާއި މި މަސްތެރޭ ވެކްސިން ޖަހަން ފަށާނެކަމަށެވެ. ނަމަވެސް ސީދާ ދުވަހެއް ވިދާޅެއް ނުވެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އަލަށް ގެންނަ ފައިޒާ ވެކްސިން ޖަހާނީ ވަކި ކެޓަގަރީ ތަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން އެ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި މާބަނޑު މީހުންނަށް ދޭނީ ފައިޒ ވެކްސިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ދިފާއި ނިޒާމް ބަލިކަށިވާފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުންކުރަމުންދާ ފަރާތްތަކަށަށާއު ރާއްޖެއިން ބޭރުން ފައިޒާގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްވެސް ދެ ވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *