ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮޑުމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަރުކާރުން ޢަމަލުކުރާ ގޮތެއް ބެލުމަށް ފަހުގައި ނޫނީ، ރައީސް ނަޝީދު މާލެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ވެސް މެންބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވާ ގޮތުގައި އެގޮތަށް ވިދާޅުވާން ޖެހެނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތަށް ބެލުމަށް ފަހު އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން އެކުލަވާލި ރިޕޯޓުގައި ސަރުކާރުން އެކަންކަމާމެދު އަމަލު ކުރުމަށް ގިނަ ހުށަހެޅުން ތަކެއް ހުށަހަޅާފައި ވެއެވެ.
މަޖިލީހުން ހުށަހެޅި ކަންކަމަށް ސަރުކާރުން އަމަލުކުރާ ގޮތް ބެލުމަށް އުސޫލެއް ކަނޑައަޅަން މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އާއިލާއާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަނިކުފާނު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ގިނަ ދައުވާތަކެއް މިހާރު ވަނީ އުފުލާފައެވެ.
One Response
ބަލަކަލޭގެއާ މަރުވުމަފަހުއޮށްހަޔާތަނުބަލާދުނިޔޭގައިއުޅުމަކީވެސްނުރައްކަލެކޭ