Ad

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ، މޫސުމަށް ސަމާލުވޭ!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ މާލެ އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ނެހެ އޮފީހުން ބުނެއެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެދު ރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ދެ ފުޓާއި ހަ ފޫޓާއި ދެމެދު ގައެވެ. ދިޔަވަރު ބޮޑުގަޑި ތަކުގައި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ އެ އިދާރާ އިން ބުނެއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް މޫސުމާ އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *