Ad
ޢަލީ ރިޒާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި: ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައި
ޢަލީ ރިޒާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި: ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައި

މެމްބަރު ޢަލީ ރިޒާގެ މައްޗަށް ޖިނާއީ ބޮޑު ދައުވާއެއް!

ދަޢުވާ ސާބިތުވެއްޖެނަމަ ދިހަ އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވޭ

ގިނަ ދުވަސްތަކެއް ވަންދެން މުސާރަނުދީ ބިދޭސީން ލައްވައި ގަދަކަމުން މަސައްކަތްކުރުވައި، ހައްގުތައް ހޯދަން އަޑުއުފުލާނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރުދީ ބިރުދައްކައިގެން ބިދޭސީ މުވައްޒަފުން ގާނޫނާ ޚިލާފަށް ގެންގުޅެފައިވާތީ ހިއުމަން ޓްރެފިކިންގެ ދައުވާ ށ. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ )ފޮޓޯ(ގެ މައްޗަށް ދައުލަތުން އުފުލައިފިއެވެ.

ބިދޭސީން ލައްވައި ގަދަކަމުން މަސައްކަތް ކުރުވި ރިޒް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެ ނަމަ ދިހަ ވަރަކަށް އަހަރުގެ ޖަލު ކުރުމަކާ އޭނާއަށް ކުރިމަތިލާން ޖެހިދާނެއެވެ.

ރިޒާގެ މައްޗަށް ޕީޖީން ވަނީ އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ކޮށްފައެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން އަލީ ރިޒާގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް އޭނާ ހުރަސް އަޅާފައި ވާތީ އެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުގައި މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތި ކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވުމުގެ އިތުރުން ވެސް ގާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ރިޒް ކުންފުނިން ހިންގާފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *