Ad
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: ފޮޓޯ: ސޯޝަލް މީޑިޔާ
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: ފޮޓޯ: ސޯޝަލް މީޑިޔާ

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުރި ބަންދު މީހަކު ދަންޖެހިއްޖެ

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިއްޖެ އެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ޑިޔުޓީގައި ތިބި ފުލުހުންނަށް ބަންދު މީހުން ގޮވައި ސަމާލުކަމަށް ގެނައުމުން ފުލުހުން ވަނީ ދަންޖެހިފައި ހުރި މީހާ ސަލާމަތްކޮށްފައެވެ. ނަމަވެސް އެމީހާ ދަންޖެހުނު ސަބަބެއް ނޭނގެއެވެ. އިރުވަރު ނޫހަށް މަޢުލޫމާތު ލިބޭ ގޮތުގައި ދަންޖެހިފައި ވަނީ ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 32 އަހަރުގެ މީހެކެވެ. މިހާދިސާ ހިނގީ މިދިޔަ ހަފްތާގައެވެ. ދަންޖެހުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަ ފަހު އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުން އެމީހާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންވަނީ ޖަހާފައެވެ. ދަންޖެހުނު މައްސަލަ ވެސް ފުލުހުން ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރާ ކަމަށްވެއެވެ.

މިކަމާގުޅިގެން ފުލުހުން ވަކިއެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *