Ad
އަރުނީތާ އާއި ޕަވަންދީޕް
އަރުނީތާ އާއި ޕަވަންދީޕް

އަރުނީތާ އާއި ޕަވަންދީޕް ގަދަ ހިފުމަކަށް

މުޅި އިންޑިޔާ އިންތިޒާރު ކުރަނީ އިންޑިއަލް އައިޑަލްގެ ނަތީޖާއަށް

އިންޑިއަން އައިޑޮލް-12 ގެ ފިނާލޭ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބާއްވާއިރު، މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ހަ ބައިވެރިން ވާދަކުރެއެވެ. އޭގެ ތެރެއިން ވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވެނީ މިދިޔަ ހަފުތާ ބަންދުގެ ޝޯގައި ފަނޑިޔާރުންނާއި ބެލުންތެރިންގެ ވޯޓުން އެއްވަނަ ހޯދި ޕަވަންދީބް ރާޖަން އާއި އެ ޝޯގެ ދެވަނަ ހޯދި އަރުނީތާ ކަންޖިލާލް އެވެ. މި ދެބައިވެރިން އިންޑިޔާގެ މީޑިޔާ އާއި ސޯޝަލް މީޑިޔާގައި ވަނީ އިންތިހާ މަޝްހޫރުކަން ހޯދާފައެވެ. އަޑު އަރާފައިވަނީ މި ދެ ޒުވާން ލަވަކިއުންތެރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ.

އަރުނީތާ އާއި ޕަވަންދީބުގެ "ރޮމޭންސް" ޝޯގެ މާކެޓިން އުކުޅެއްގެ ގޮތުގައި ވެސް ސޯނީ އިން ބޭނުންކޮށްފައިވެއެވެ. އެނގޭހާވެސް ކަމަކީ ދެކުދިން ވެސް އެކަކު އަނެކަކާ މެދު ޚާއްސަ ގޮތެއް ގެންގުޅޭ ކަމެވެ. ދެ ލޮލުން ވެސް ފެންނަނީ ފުން ލޯތްބެވެ. ކުލުނެވެ.

ޒުވާން މި ޖޯޑުގެ ލޯބީގެ ލަވަތަކުން ފަނޑިޔާރުންނާއި ބެލުންތެރިންގެ ހިތްތައް ވަނީ އަތުލާފައެވެ. ނަތީޖާއެއްގެ ގޮތުން ޝޯ ނުނިމެނީސް ޕަވަންދީޕަށާއި އަރުނީތާއަށް ރެކޯޑިން ކޮންޓްރެކްތައް ލިބުނެވެ. ޚާއްސަކޮށް ކަރަންޖޯހަރުގެ ދަރުމާ އާއިލާއާ ގުޅުމަށް އަރުނީތާއަށް ކަރަން ޖޯހަރު ވަނީ އެންމެ ފަހު ޝޯގައި ޚާއްސަ ދައުވަތެއް ދީފައެވެ. އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދަރުމާ ޕްރޮޑަކްޝަނުން އަރުނީތާއަށް ޚާއްސަކުރި ފުރަތަމަ ލަވައިގެ ލިރިކްސްވެސް ކަރަން ޖޯހަރު އަރުނީތާއާ ހަވާލުކުރިއެވެ. މިކަމުގެ ސަބަބުން އަރުނީތާއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބި، ފެންކަޅިވިއެވެ.

އެންމެ ފަހު ޝޯގައި ޕަވަންދީޕްގެ އަސަރު ގަދަ ލަވައިން ފަނޑިޔާރުންނާއި ޝޯގެ ޚާއްސަ މެހެމާން ކަރަން ޖޯހަރާއި ޝޯގެ ބައިވެރިން ފެންކަޅި ކޮށްލިއެވެ. އެލަވަ އަޑުއަހާފައި ކަރަން ބުނެފައިވަނީ ޕަވަންދީޕަކީ ލޯތްބާއި ޖަޒުބާތާއި ކުލުނާއި އަސަރާއި ޖޯޝް ގެނުވައިދޭ ރަން އަޑުގެ ވެރިއެއް ކަމަށެވެ. އަދި ބޮލީވުޑްގައި ޕަވަންދީޕުގެ ވިދުން ގަދަވާނެކަން ކަރަން ތަކުރާރުކޮށް ފާހަގަކުރިއެވެ.

މުޅި ޝޯގެ ހުލާސާގައި އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 15 ވަނަ ދުވަހުގެ ފިނާލޭގައި ޕަންދީޕާއި އަރުނީތާ ގަދަ ހިފުމަކަށް ދާނެއެވެ. އެއީ ދެ ލަވަކިއުންތެރިން ވެސް ފަނޑިޔާރުންނާއި އާންމުންގެ އިތުބާރާއި ލޯބި އިންތިހާއަށް ހޯދާފައިވާތީއެވެ. ފަނޑިޔާރުންގެ ބައެއް ކޮމެންޓްތަކަށް ބަލާއިރު ޕަވަންދީޕާއި އަރުނީތާކުރެ ކޮންމެ ލަވަކިއުންތެރިއަކަށް ޓްރޮފީ ލިބުނު ކަމުގައިވިއަސް ހަގީގަތުގައި ދެ ކުދިންނަކީ ވެސް ޗެމްޕިއަނުންނެވެ. ތަރިންނެވެ. ދެ ކުދިން ވެސް ވަނީ ޕްލޭބެކް ސިންގިންއަށް ނުވަތަ ފިލްމުތަކަށް ލަވަ ކިޔޭ ފެންވަރަށް ފައްކާވެފައިކަން ވެސް ފާހަގަ ކުރިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *