Ad

މަސްއޫދު ކާރު ރޯކޮށްލި މައްސަލަ ވެސް ދަގަނޑު ބުރިން ހަމަލާދިން މީހާގެ މައްޗަށް

ކާރު ރޯކޮށްލި މައްސަލައިގެ ތަހްގީގް ވެސް ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން  ވަނީ ފުލުހުންނަށް ލަފާދީފައި.

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މިދިޔަ ހަފްތާގައި ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދު ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުކޮށް ތަހްގީގް ހިންގަމުންދާ މީހާކަން ހާމަ ވެއްޖެ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) އެވެ.

ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ މަސްއޫދުގެ ކާރު ރޯކޮށްލި މައްސަލައިގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) ގެ މައްޗައް ފުލުހުން ހިންގާ ތަހްގީގްގެ ކަންތައް ތަކެއް ފުރިހަމަ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފުލުހުންނަށް ލަފާދީފައި ވަނީ އަހުމަދު ސަމީމްގެ މައްޗައް ހިންގާ ތަހްގީގްގެ ބޮޑު ބައެއް ފުރިހަމަކޮށް އޭނާގެ މައްޗައް ދައުވާ ކުރަން ފޮނުވުމުގެ ކުރިން ޕޮރޮސެކިއުޓަރ ޖެނެރަލްގެ ލަފައަކަށް އެދުމުންނެވެ.

ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އަހުމަދު ސަމީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ މައްޗައް ދަނީ ތަހްގީގް ހިންގަމުންނެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައި ފުލުހުން ތުހުމަތުކޮށް ތަހްގީގް ހިންގާ ފަރާތްވެސް މުޖުތަމައަށް ދޫކޮށްލާފައިވާތީ ގިނަ ބައެއް އޭރު ވެސް ގެންދިޔައީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަންވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒު ކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *