Ad
ޢަލީ ވަހީދު
ޢަލީ ވަހީދު

ޢަލީ ވަހީދު ދެ މަހަށް ޖަލަށް

ހުކުމް ތަންފީޒު ކުރާނީ ކިހިނެއް؟

ސުޕްރީމް ކޯޓުގެ އެންގެވުމަށް ޢަލީ ވަހީދު ސްޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުކުމަތް ކެނޑިކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޖިނާއީ ބޮޑެތި ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، ބޭސް ފަރުވާއަށް ލަންޑަނަށް ގޮސް ހުރި ޢަލީ ވަހީދުގެ އެދުމަށް ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލަ ސްޕްރީމް ކޯޓުގައި ފަށާ ޝަރީއަތް ތާވަލްކޮށްފައި ވަނީ މިއަދު 1:00 އަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ.

މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލްކުރީ މިމަހުގެ ދެވަނަ ދުވަހަށެވެ. ނަމަވެސް އެ އަޑުއެހުން ވަނީ މިއަދަށް ފަސްކޮށްފަ އެވެ. އަލީ ވަހީދު ހާޒިރު ނުވުމުން މިއަދުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުރި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޖިނާއީ ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

ދެ މަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ކަނޑައެޅި ކަމުގައި ވިއަސް އޭނާ ރާއްޖޭގެ ގާނޫނު ނުހިނގާ ހިސާބެއްގައި ހުރުމުގެ ސަބަބުން ދައުލަތުން އެ ހުކުމް ތަންފީޒު ކުރާނެ ގޮތަކާ މެދު ގާނޫނީ ދާއިރާގެ ބޭފުޅުން މިހާރު ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

މީގެ ކުރިން ހައި ކޯޓުގައި އޮތް އިސްތިއުނާފުގެ އަޑުއެހުމުގައި ކޯޓުން އަންގައިފިނަމަ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވޭނެތޯ ފަނޑިޔާރުން ދައުލަތާ ސުވާލުކުރުމުން ދައުލަތުން ބުނެފައިވަނީ އެކަން ނުކުރެވޭނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *