Ad
ރައީސުމްޖުމްހޫރިއްޔާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ: ރައީސް އޮފީސް
ރައީސުމްޖުމްހޫރިއްޔާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން: ރައީސުލްޖޫހޫރިއްޔާ

ހުއްޓުމެއް ނެތި ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނައިރު މަޖިލިސް މެޖޯރިޓީއަކީ މުހިއްމު ކަމެއް ކަމަށެވެ.

"ވަރަށް އުނދަގޫ ކަމެއް މެޖޯރިޓީ ނެތި ވެރިކަންކުރުން. އަޅުގަނޑު ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު މަސައްކަތްކުރާނަން. އަޅުގަނޑު މިހުރީ މެޖޯރިޓީއާއެކު. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓާނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނުގެ ފަޅީގައި ބޭއްވެވުމަށް މަސައްކަތް ފެއްޓެވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕާއެކު ބޭއްވެވި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ މެންބަރުން ސަރުކާރުގެ ހުށަހެޅުންތަކަށް އާނއެކޭ ނުބުނެވޭނެ ކަމަށާއި މަސައްކަތްކުރައްވާނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން އެކަނި ތަންފީޒުކުރަން ކަމަށް ބުނެ ހިޔާލު ފާޅުކުރި ހިސާބުންނެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނު ނިންމަވާ ބައެއް ނިންމެވުންތަކާމެދު ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ހާލަތްތައް ދޭތެރެ ދޭތެރެއިން މެދުވެރިވެއެވެ. ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނު ކަންކަން ނިންމަވަނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑުގެ ޚިޔާލާ އިދިކޮޅަށް ބައެއް ކަންކަން އެމަނިކުފާނު ވެސް ނިންމަވާ. އެއީ އަކީ މައްސަލެއް ނޫން،" ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *