Ad

މަސްއޫދަށް ކެމެރާ ކުރިމަތީ ހަމަލާދީ ޒަހަމްކޮށްލުމުން ވެސް މީހާ ބަންދުން ދޫކޮށްލައިފި.

ހައްޔަރުކޮށްފައި ވަނީ ކާރު ރޯކޮށްލި މައްސަލާގައި ވެސް ތަހްގީގް ހިންގާ މީހާ.

ދިއެފްއެމް ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ކެމެރާ ކުރިމަތީ ހަމަލާދީ ޒަހަމްކޮށްލި ވީޑިއޯ ކޯޓަށް ހުށަހެޅުމުން ވެސް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މިދިޔަ ހަފްތާގައި ލާމް އަތޮޅު ފޮނަދޫއިންނެވެ. މި ހަމަލާގެ ވީޑިއޯ ސޯސިއަލް މީޑިޔާގައި އާއްމު ވެފައިވާއިރު، މި ހަމަލާގައި ޒަހަމްވުމުގެ ސަބަބުން މަސްއޫދު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުން ވެސް ފަރުވާ ހޯދާފަ އެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާނީ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ސަމީމް ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ލާމް އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ހަައްޔަރުކުރި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދު ކާރުގައި ރޯކޮށްލައިގެން ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ މީހާ އެވެ. މަސްއޫދު ކާރު ރޯކޮށްލި މައްސަލާގައި ވެސް ވަނީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހްގީގްގައި ސުވާލުކޮށްފަ އެވެ.

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މިމައްސަލާގައި އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަޅުގަންޑުގެހިތައްއަރަނީ(ރައިސްސޯލިހުއޮއްނެވީ.ދެކައްފަތައްއަބުޖައްސަވާގެން(:،.،.،.ނިދިއަވަހާރަފުޅުލައްޕަވަނީތޯ.،އޭ.،ބަ.،ލަ.،ގަ.،ސޯލިހުބޭމިގައުމުގެރައިސްކައްކުރެވޭނީ.،.ރައިސްޔާމީނުކަހަލަހިތްވަރުގަދަ.،.،ކެރޭހީވާގި.،އިސްލާމްދީނައްލޯބިކުރާ.،.،އަދި.،.،.،.،ރަތްޔިތުޢްދެކެލޯބިވާ.،.،އަދި.،.،ގައުމަޢްވަފާތެރިހމީހުއްނައް.،.،ރައިސްސޯލިހު.،.،.،.،.،އަޅުގަންޑުމިދައްނަވަނީ.،ވަރައްއާދޭހާއެކު.،.ކުޑަކުދިއްކުޅޭގޮތައްމިގައުމުނިހިތްގާށޭ.،.،.،.،އެޅިހާބަތަކައްރިހައަށްވެގެއް.،.،ވެރިކަމެއްނުކުރެވޭނެ.،.،ބަ.،ލަ.،ގަ.،ރައިސްލޯހުޅުވަބަލަމިވެރިކައްއައުމާއެކީ.،ރޭޕް.،ކުރުމާއި.،ކުޑަކުދއްނައްޖިއްސީގޯނާކުރުމާއި.،މާރާމާރީހިތްގުމާ.).،މީހުޢްމެރުމާ.،.،މިކައްވެއްޖެ.،.،މިގައުމުގަފެސެނަކައް.،.،.،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *