Ad

މާލެއިން ޕޮޒިޓިވްވި 19 މީހުންނާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 112 މީހުން

ރާއްޖެއިން އިތުރު 112 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 112 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 80 މީހުންނެވެ. އަދި ރިސޯޓްތަކުން 13 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ ޕޮޒިޓިވްވެފައިވެއެވެ. މިއީ 6036 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2321 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ.
ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 76135 އަށް އަރާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 205 ދިވެހިންނާ 17 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *