Ad

ސަމާލުވޭ! ފިހާރަތަކުން ވައްކަން ކުރަމުންދާ ބޮޑު ވަގެއް!!

މާލޭ ފިހާރަތަކުން ވައްކަން ކުރަމުންދާ "ވަގެއް"ގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަނީ މަޖީދީ މަގުގައި ހުންނަ މަޝްހޫރު ފިހާރައަކުން ހުށިޔާރު ކަމާއެކު މީހަކު ވައްްކަން ކުރާ މަންޒަރެކެވެ. ވީޑިއޯއިން ފެންނަގޮތުން ފިހާރަޔަށް ވަންނަ މީހަކު އެ ފިހާރަތެރޭގައި ދެކޮޅަށް ހިނގާލުމަށްފަހު ފިހާރައިގެ ކައުންޓަރު މަތީގައި ބާއްވާފައި އޮތް ފޯނެއް ނަގައިގެން ދާ މަންޒަރު ފެނެއެވެ. އެ ފޯނަކީ އެ ފިހާރައިގައި މަސައްކަތް ކުރާ އަންހެން ކޭޝިޔަރެއްގެ އައިފޯން 11 އެކެވެ.

އިރުވަރު ނޫހަށް އެނގިފައިވާ ގޮތުން މި ފޯނުގެ ވެރިފާރާތުން މި މައްސަލަ ފުލުހުންނަށްވެސް ހުށައެޅިއެވެ. އަދި ފުލުހުން އެ ދުވަހު ފިހާރަޔަށް ގޮސް އެ ފިހާރައިގެ ސީސީޓީވީ ކެމެރާ ތަކުގެ ފުޓޭޖްތައް ބަލާފައިވާކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. ނަމަވެސް މިހާތަނަށް ފޯނު ފެނިފައި ނުވާކަމަށް އެފަރާތުން ބުނެއެވެ.

މި މީހާއަކީ މާލޭގެ އެކި ފިހާރަތަކުން އާންމުކޮށް ވައްކަން ކުރާ މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. ދާދި ފަހުން ވެސް ވަނީ ގަލޮޅުގައި ހުރި ފިހާރައަކުން މިމީހާ ވައްކަން ކުރާ އެހެން ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *