Ad
ޢަލީ ވަހީދު
ޢަލީ ވަހީދު

ޢަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލުގެ ރެޑް ނޯޓިސް ނެރެނީ

ޖީނާއީ ސީރިއަސް ދައުވާތަކެއް ދައުލަތުން ޖިނާއީ ކޯޓުގައި އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލުގެ ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ނިންމުމުން އެކަން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ޢަލީ ވަހީދަށް ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައި ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ބުދަ ދުވަހު ހުކުމް ކުރިއެވެ.

އެ ހުކުމާ ގުޅިގެން ކަރެލްޝަނަލް ސަރވިސަސްއިން ފުލުހުންގެ ކިބައިން އެދިފައިވަނީ ސްޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ޢަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޢަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގައި ކަމުން، އިނގިރޭސި ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ރާއްޖެ ގެނެވޭތޯ ވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *