ޕްރޮފެސަރ ހަސަން އުގައިލުގެ މިފަހަރުގެ ވާހަކަތައް ސީދާ އަމާޒުކުރެއްވީ އިންޑިއާ އަށެވެ. އެއީ އެގައުމުގެ މިނިވަން ދުވަސް އިއްޔެ އެގައުމުގައި ފާހަގަކުރަމުން ދިޔަ މުނާސަބާއާ ގުޅުވައިގެންނެވެ. ޕްރޮފެސަރ ވިދާޅުވީ އިންޑިޔާއެކޭ އެއްފަދައިން ދިވެހި ރާއްޖެވެސް ހިމެނޭ ގޮތުން ކޮންމެ ގައުމަކަށް ވެސް މިނިވަންކަން މުހިއްމު ކަމަށެވެ. އަދި އެކަން ހަނދާން ކުރުމަށް އިންޑިޔާއަށާއި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އެމަނިކުފާނު ވަނީ ގޮވައި ލައްވާފައެވެ.
ރާއްޖެއާއި އިންޑިޔާގެ ގުޅުމާ ބެހޭ ގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ ކަންބޮޑުވުން އޮތް މިދަނޑިވަޅުގައި ޕްރޮފެސަރު ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދަރަޖައިގެ ގައުމަކަށް ނުވާއިރު އިންޑިއާއާ ގުޅިގެން ރާއްޖެއަށް ހަގީގީ ތަރައްގީ ހަލުވި ކަމާއެކު ގެނެވޭނޭ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
އިންޑިޔާއާ ގުޅިގެން ރާއްޖެ ތަރައްގީ ކުރަން އުޅޭނަމަ އެކަންދާނީ ފިނި ހަކައިގެ ސްޕީޑުގައި ކަމަށް ވެސް އުގައިލް ސިފަ ކުރައްވައެވެ.
"އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ. "މިއީ ސިޔާސީ ވާހަކައެއް ނޫން. ޢިލްމީ ވާހަކައެއް."
އިންޑިޔާގެ ހިލޭ އެހީއާއި ލޯނުގެ އެހީގައި ރާއްޖޭގެ މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުން އެބަ ގެންދެއެވެ. އަދި ބްރިޖާއި ގެދޮރުގެ ބޮޑު މަޝްރޫއު ވެސް ލަހެއް ނުވެ ފެށުމަށް ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ.
One Response
އުޤައިލް ވިދާޅުވަނީ ހަމައެންމެރަނގަޅަށް މިރާއްޖެ ތަރަށްގީއެއް ނުކުރެވޭނެ ފިނިހަކަދުވެލީގައި އުޅޭ އިންޑިއާގެމީހުންނަކަށް ވަރަށްސާފް އިނގޭތޯ