Ad

ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ އަދާނުކޮށް، އެކޮމިޝަނުގެ މައްޗަށް އަމުރު ނެރުނު ފަނޑިޔާރު ގޮވައިގެން ޖޭއެސްސީއަށް!

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ. އަސާސީ އިންސާނީ ޙައްޤުތަކޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ ބާވައެވެ! އަސާސީ އިންސާނީ ހައްޤުތަކޭ ބުނެވެނީ، އިންސާނާ އިންސާނަކަށްވީތީ ލިބެންޖެހޭ ޙައްޤުތަކެވެ. އެޙައްޤުތަކަކީ ކޮންމެހެން ޤާނޫނަކުން ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތަކަކަށް ވާކަށް ނުޖެހެއެވެ.

ޤާނޫނު ނަންބަރ 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ގައި "އިންސާނީ ޙައްޤު" މާނަކޮށްދީފައިވަނީ 36 ވަނަ މާއްދާގައެވެ. އެމާއްދާގައި ބުނާގޮތުން، އިންސާނީ ޙައްޤުތަކަކީ، ޤާނޫނު އަސާސީގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކާއި، ބައިނަލް އަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކުގައި ކަނޑައަޅާފައިވާ ޙައްޤުތަކުގެ ތެރެއިން، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ޙައްޤުތަކަށެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެކޮމިޝަނުގެ މަޤްޞަދުތަކުގެ ތެރެއިން މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަށް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ކުރިއަރުވަން މަސައްކަތްކުރުމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މައިގަނޑު މަސްއޫލިއްޔަތަކީ، އިންސާނީ ހައްޤަކާއި ޚިލާފުވާނަމަ، އެމައްސަލައެއް ވީއެންމެ އަވަހަކަށް ބަލައި ތަހްޤީޤުކުރުމެވެ. އެޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައި ބުނާގޮތުން، ސަރުކާރުގެ އިދާރާއަކުން އިންސާނީ ހައްޤަކާއި ޚިލާފުވާކަމުގައިބުނެ ހުށަހަޅާ ޝަކުވާތަށްވެސް އެކޮމިޝަނުން ވީއެންމެ އަވަހަކަށް ބަލަންޖެހެއެވެ.

ދިވެހިރާއްޖޭގައި މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތަށް އެކޮމިޝަނަކަށް ހުށަހަޅާފައިވާ ކޮމިޝަނަކީ ހިއުމަން ރައިޓްސް ކޮމިޝަނެވެ. އެހެން ނަމަވެސް، އިންސާނީ ހައްޤުތަށް ރައްކާތެރިކޮށް ނެގެހެއްޓުމުގައި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ މަރުވެފައިވާ މުއައްސަސާއެކެވެ. މިހެން ދަންނަވާލަން މިޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގައި ދާއިރާއަށް ބަލާލަމާ ހިނގާށެވެ. އެބާބުގައި ބަޔާންކޮށްފައިވަނީ އަސާސީ އިންސާނީ ހައްޤުތަކުގެ ތެރެއިން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ޙައްޤުތަކެވެ. ޤާނޫނު އަސާސީ ބުނަނީ އިންސާނީ ޙައްޤުތައް ނެގެހެއްޓުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ދިވެހިރާއްޖޭގެ އެކިއެކި ޖަލުތަކުގައި އިންސާނީ ޙައްޤުތަކާއި ޚިލާފު އެތަކެއް ޖަރީމާއެއް އެބަ ހިނގައެވެ. ޤާނޫނު އަސާސީ ބުނާގޮތުން، ދިރިހުރުމުގެ ޙައްޤާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ޙައްޤާއި، އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާއި، ޙުކުމެއްނެތި ގިނަ ދުވަސް ވަންދެން ބަންދުގައި ނުތިބުމަކީ ކޮންމެ ރައްޔިތަކަންމެ ލިބޭ އަސާސީ ޙައްޤުތަކެވެ. މިބުނެވުނު ޙައްޤުތަކުގެ ދާއިރާއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި ފުނިޖެހިފައިހުރި މައްސަލަތަކުގައި އެކޮމިޝަނަށް އެޅުނު ފިޔަވަޅަކީ ކޮބާ ހެއްޔެވެ؟ ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަށް ކުރިޔަށް ނުގޮސް، ފުނިޖެހިފައިވާ މައްސަލަތަކުގައި ކޮމިޝަނަށް ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟

ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތަށް ނިގުޅައިގަނެފައިވާކަމުގައި ބުނެ، ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެކެވެ. ސަބަބަކީ، ޖަލުތަކުގައި ބަންދުގައި ތިބޭ މީހުންނަކީ އެތަކެއް ޙައްޤުތަކުން މަޙްރޫމްވެ ޤައިދުކުރެވިފައިވާ ބައެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ޝަރުޢީ ޙުކުމެއްގެ ދަށުން ނުވަތަ ޤާނޫނީ އަމުރެއްގެ ދަށުން ބަންދުކޮށްފައި ތިބޭ މީހުންގެ ތިބޭ ކޮންމެ ތަނަކަށްވެސް ޒިޔާރަތްކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. އެމާއްދާގެ (ރ) ބުނަނީ، ބަންދުގައި ތިބޭ މީހުންގެ ބަންދު މަރުކަޒަކަށް ޒިޔާރަތްކުރާ ހިނދު ބަންދުގައި ތިބޭ މީހުންގެ، އިންސާނީ ޙައްޤުތަކަށް އުނިކަން އައިސްފައި، ނުވަތަ ގެނެސްފައިވޭތޯ ބަލައި އެމީހުންގެ މަޞްލަޙަތުތަށް ދިރާސާކޮށް ފިޔަވަޅު އެޅުމަކީ އެކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ. ވީއިރު، ދިވެހިރާއްޖޭގެ ޖަލުތަކުގެ ތެރެއިން ޖަލަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޒިޔާރަތްކޮށް ކުރެވުނު މަސައްކަތެއް ކޮބާ ބާވައެވެ.

ދާދި ފަހަކުން 97 ކިލޯ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހަކު ބަންދުން ދޫކޮށްލި ފަނޑިޔާރު ހިއުމަން ރައިޓްސް ކޮމިޝަނަށް އަމުރުކޮށްފައިވަނީ އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ދާއިރާގައި ހިމެނޭ އިންސާނީ ހައްޤެއް ބަންދުގައި ތިބޭ މީހުންނަށް ލިބޭކަން ކަށަވަރުކޮށްދިނުމަށެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި އިދާރީ އޮފިސަރުންނަކީ ޖަލުތަކަށް ޒިޔާރަތްކޮށް ބަންދުގައި ތިބޭ މީހުންގެ ޙާލު ބަލާ ފަރާތްތަކެއްކަމުގައި ނުވާތީއެވެ. އެހެން ނަމަވެސް، ފަނޑިޔާރުކުރި އަމުރަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް އިޖާބައެއް ނުދިނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުން، އެކޮމިޝަނަށް ބަންދުގައި ތިބޭ މީހުންގެ ބޭސް ފަރުވާ އިންތިޒާމު ހުރި ނެތް ގޮތް ބެލެއެވެ. ޤާނޫނު ފަރުމާކޮށްފައިއޮތީ އެގޮތަށެވެ.

ކޮންމެއަކަސް، ޖިނާޢީ ދަޢުވާއެއްގައި ހަމައެކަނި ދެ ޚަޞްމުން ބުނާ ބުނުމެއް ފަނޑިޔާރަށް ފެންނަން އޮތް ޙާލަތުގައި، އިންސާނީ ޙައްޤަކާއި ގުޅޭގޮތުން އެކަމާބެހޭ ކޮމިޝަނުން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ފަނޑިޔާރަށް ފެނިއްޖެ ހިނދަކު، އެކަމެއް ވަކިގޮތަކަށް ކުރުމަށް އަމުރުކުރުމަކީ ފަނޑިޔާރުގެ މައްޗަށް ޤާނޫނުން ލިބޭ ބާރެކެވެ. އެކަމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު އެދުނީ، ބަންދުން ދޫވި ދެ މީހުންގެ ބޭސް ފަރުވާގެ ކަންތަށްތަށް ހިނގާ ނުހިނގާ ގޮތް ބަލައި، ބަރާބަރަށް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ކުރެވެމުންދޭތޯ ޔަޤީންކުރުމަށެވެ. ސަބަބަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކޯޓަށް ހާޟިރުވި ކަމާބެހޭ މެޑިކަލް އޮފިސަރުގެ ކިބައިން، ބަންދުގައި ތިބި މީހުންނަށް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ކުރެވެމުންދާކަމުގައި ބަޔާންކޮށްދެވިފައި ނުވާތީއެވެ. އެހެން ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް ފަނޑިޔާރުކުރި އެއްވެސް އަމުރަކަށް އެކޮމިޝަނުން ޢަމަލެއް ނުކުރިއެވެ.

ޝަރުޢީ ކޯޓެއްގެ އަމުރަކީ އެއަމުރަކަށް ތަބާވުން ލާޒިމު އަމުރެކެވެ. އެކަން ކޯޓުތަކާބެހޭ ޤާނޫނުގެ 77 ވަނަ މާއްދާއަށް ބަލާއިރު އެނގެއެވެ. ޝަރުޢީ ކޯޓެއްގެ އަމުރަކަށް ޢަމަލުނުކޮށްފިނަމަ އަދަބު ދީގެންވެސް އަމުރު ތަންފީޒުކުރެއެވެ. ސަބަބަކީ، އެއީ ކޯޓުގެ ޙުރުމަތް ކަނޑާލުންކަމުގައިވާތީއެވެ. ވީމާ، ހިއުމަން ރައިޓްސް ކޮމިޝަނާމެދު ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ސަބަބުން ފިޔަވަޅު އަޅަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Sikundeege kanfulheh ves huriyyaa ingeyne courtun eothee ehchekey kiyaafa drug ethere kuri meehun dhookollaafakan. Mi noohah kihaavareh libigenbaa migothah khabaru hadhaafa miothee.

  2. އަދިވެސް ތާކު ފުއްޕާފަ ގޭސް އަނބުރަން އުޅޭ މީހަކު ހުރިއްޔާ ގެނެސް ބޮޑު ގޮނޑިއެއްގަ ބައިންދާލާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *