ރައީސް ސޯލިހުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ތިލަމާލެ ބްރިޖް އެޅުމަށް ކޮންޓެކްޓަރާއެކު ސޮއިކުރުން މާދަމައަށް ތާވަލްކޮއްފިއެވެ.
މި ބްރިޖް އަޅަނީ އިންޑިއާ ހިލޭ އެހީ އަދި ކްރިކެޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީ.އެމް.ޕީ.ސީ)ގެ ދަށުންނެވެ. މި މަސައްކަތް ހަވާލުކުރަނީ އިންޑިއާގެ އެފްކޮންސް ކޮމްޕެނީއާ އެވެ.
6.47ކމ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓްއެވެ.
މި މަޝްރޫގެ މަސައްކަތް ދެއަހަރު ދުވަސް ތެރޭގައި ނިމޭނެކަމަށް މަސައްކަތާ ހަވާލުވާ ކުންފުނިން ބުނެއެވެ. މި މަޝްރޫގެ ފުލް ރިޕޯޓު އެކުލަވާލީ ހޮންކޮންގް ގެ އިންފްރާސްޓްރަކްޗާސް ކޮންސަލްޓަންޓް ފަރމް އަރުޕް އެލްޓީޑީއެވެ.
ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ މާލެ ،ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޗެކްޓްއެކެވެ. 6.7ކމ ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140ކމ ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45ކމ އަށް މެރިން ވިއަރޑަކްޓް،އަދި މޫދު/ގޮނޑުދޮށުގައި 2.32ކމ މެރިން ވިއަރޑަކްޓް ،އަދި ބިމާ އެއްހަމައެއްގައި 2.96 ކމ ގެ މަގުހިމެނެއެވެ.